logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ދުނިޔެ

އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު ޚަތީބު އަވަހާރަކޮށްލާފައިވާކަން އެގައުމުން ކަށަވަރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މާރިޗު 2026 - 20:26
އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު ، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް،
އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު ، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް،

އިސްރާއީލުން ދިން ހަމަލާތަކެއްގައި އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާކަން އެ ގައުމުން ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް މި ޚަބަރު އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޕެޒެޝްކިއަން ވަނީ އިސްރާއީލުގެ މި "ފިނޑި" އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ގައުމަށް ބޮޑު ހިތާމައެއް ލިބުނު ނަމަވެސް، "އަވަހާރަކޮށްލެވުނު ބޭފުޅުން ދެއްކެވި މަގުގައި އިރާނުން ކުރިއަށްވުރެ ވަރުގަދަކޮށް ދެމިއޮންނާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާއިރު، އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިރާނުގެ ސެކިއުރިޓީ ޗީފް އަލީ ލާރިޖާނީ އާއި ބަސީޖް ފޯސްގެ ވެރިޔާ ޣުލާމްރިޒާ ސުލައިމާނީ ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ބޭފުޅުންނަށް ހަމަލާދީފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްކުރި މައުލޫމާތުގެ އެހީގައެވެ.

އެމެރިކާ-އިސްރާއިލްގެ ހަމަލާއެއްގައި ފެބްރުއަރީ 28 ވަނަ ދުވަހު ވަނީ އީރާނުގެ އެއިރުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޚާމަނާއީ ވެސް އަވަހާރަކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ މޮސާޑަށް ޖާސޫސުކޮށްދޭކަމަށް ސާބިތުވި މީހަކު އީރާނުގައި ދަންޖައްސައިފިދުނިޔެ | ގަޑިއިރެއް ކުރިންއީރާނާއި ގުޅޭގޮތުން ޓްރަމްޕް ކުރާ ދައުވާއަށް އެމެރިކާގެ ޑައިރެކްޓަރ އޮފް އިންޓެލިޖެންސް އެއްބަހެއްނޫންދުނިޔެ | ގަޑިއިރެއް ކުރިންސައުދީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފިދުނިޔެ | 2 ގަޑިއިރު ކުރިންއިރާނުގެ އިންޓެލިޖެންސް މިނިސްޓަރު ޚަތީބު އަވަހާރަކޮށްލާފައިވާކަން އެގައުމުން ކަށަވަރުކޮށްދީފިދުނިޔެ | 3 ގަޑިއިރު ކުރިން