logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައި

އިސްމާޢިލް ރާތިޢު
19 މާރިޗު 2026 - 06:25
ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައި

ޠައިބާ މިސްކިތް ކައިރީ ހުންނަ "ޕްރައިމް ގޯޑައުން" ގައި ރޭ ހިނގައިދިޔަ އަލިފާނާ ގުޅިގެން ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.

ހާދިސާ ހިނގައިދިޔަ ތަނުގައި ހުންނަވާ، މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ މި އަލިފާނާ ގުޅިގެން އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، އިންތިޚާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިއުންތަކާއި، އެހެން ހުރިހާ ތަކެތިވެސް ރައްކާތެރިކުރެވިފައިވާކަށްވެސް އީސީގެ ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންތިޚާބީ މަރުކަޒު ހިނގަމުން އައި އިމާރާތަށް ވަދެ މަސައްކަތް ކުރުމުގެ ހުއްދަ އެމްއެންޑީއެފުން ދެވެންދެން އިންތިޚާބުގެ ހުރިހާ ކަމެއް ހިނގަމުންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވިއެވެ.

އޭޕްރިލް 4 ވަނަ ދުވަހު ތިން އިންތިޚާބެއް ކުރިއަށްދާނެއެވެ. އެއީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައިޚަބަރު | 2 ދުވަސް ކުރިންޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 2 ދުވަސް ކުރިންވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފިޚަބަރު | 2 ދުވަސް ކުރިންމާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީޚަބަރު | 3 ދުވަސް ކުރިން