ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް: އީރާން
20 މާރިޗު 2026 - 16:54

އެއްވެސް ގައުމަކާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާގެ ގައުމަކީ އަވަށްޓެރި ގައުމުތަކާއެކު ހަނގުރާމަ ކުރަން ބޭނުންވާ ގައުމެއް ނޫން ކަމަށާއި އީރާނުން ހަމަލާތައް ދެނީ އެއްވެސް ހާލެއްގައި އަވައްޓެރިންނާ ދެކޮޅަށް ހަމަލާ ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

Ad by Hajj Corporation
ނަމަވެސް އެ ހަމަލާތަކަކީ ދުޝްމަނުން ކަމަށްވާ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އެހެން ގައުމަކަށް ހަމަލާއެއް އަމާޒުވާ ނަމަ އެ ހަމަލާއެއް ސީދާކޮށް އަމާޒުކުރަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ރައީސް މަސްއޫދު ފާހަގަކުރެއްވިއެވެ.
އަދި އެ ގައުމުން ނިއުކްލިއަރ ހަތިޔާރު ހޯދަން ނުވަތަ ބޭނުންކުރަން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކަކީ ދުޝްމަނުންގެ ނުފޫޒުގެ ނަތީޖާ،" އީރާންގެ ރައީސް ވިދާޅުވިއެވެ. "އަހަރެމެންގެ ވަށައިގެންވާ އަވަށްޓެރިން، ތިޔައީ އަހަރެމެންގެ އަޚުންނާއި އުޚުތުން... އަހަރެމެން މިއައީ ތިޔަބައިމީހުންނާއެކު މި ހުރިހާ ޚިޔާލު ތަފާތުވުންތަކެއް ހައްލު ކުރަން."
އަދި އީރާނުން ހުށަހެޅުއްވީ ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް އިސްލާމީ ގައުމުތަކުން ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށެވެ.
"މި ސަރަހައްދުގައި ބޭރު މީހުން [އެމެރިކާ ސިފައިން] ތިބުމަށް ބޭނުމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޕެޒެޝްކިއަން ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ދީނީ ގޮތުން މަނާ ކަމެއް ކަމަށް ރީހޫ ލީޑަރ މުޖުތަބާ ހާމަނާއި ވިދާޅުވެފައިވާ ކަމަށާއި އެއްވެސް މީހަކަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ، އިފެއްދުމުގެ އަދި ބޭނުންކުރުމުގެ ހުއްދައެއް ނެތް ކަމަށެވެ.


