logo
Bank of Maldives

Bank of Maldives

ދުނިޔެ

ގަލްފް ގައުމުތަކާއި ވާހަކަދައްކަން ތައްޔާރު، މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނޫން: އީރާން

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މާރިޗު 2026 - 18:45
ގަލްފް ގައުމުތަކާއި ވާހަކަދައްކަން ތައްޔާރު، މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނޫން: އީރާން

އީރާނުން މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނުވާކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުކުރު ދުވަހު ވިދާޅުވީ އީރާނުން މުސްލިމް ގައުމުތަކާއެކު ހަނގުރާމައެއް ކުރަން ބޭނުންނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިހެން ވިދާޅުވީ، ރަމަޟާން މަސް ނިމުމުގެ މުނާސަބަތުގައި ފާހަގަކުރާ ފިޠުރު ޢީދާއި، މާރިޗު 21 ގައި ފެށޭ އީރާނުގެ އައު އަހަރު "ނައުރޫޒް" ގެ ތަހުނިޔާ ފޮނުއްވުމަށް ފޮނުއްވި މެސެޖެއްގައެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އީރާނާއި ބައެއް އަރަބި ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، "މުސްލިމް ގައުމުތަކާއެކު އެއްވެސް ޚިލާފެއް އުފެއްދުމުގެ ގަސްދެއް އަޅުގަނޑުމެންގެ ނެތް. އިސްލާމީ ގައުމުތަކާއެކު ކުރިމަތިލުމަކަށް ނުވަތަ ހަނގުރާމައަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެއީ އަޅުގަނޑުމެންގެ އަޚުން،" ކަމަށެވެ.

އީރާނާއި ސަރަހައްދުގެ މުސްލިމް ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ޒިންމާ އެމަނިކުފާނު އެޅުއްވީ އެމެރިކާ އާއި އިސްރާއީލުގެ ބޮލުގައެވެ.

ޕެޒެޝްކިއަން ވިދާޅުވީ އަވަށްޓެރި ގައުމުތަކާއެކު ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި މެދުއިރުމަތީގެ މުސްލިމް ގައުމުތައް ހިމެނޭ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

"މި ސަރަހައްދުގައި ބޭރުގެ ބާރުތަކުގެ ހާޒިރީއަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. މުސްލިމް ގައުމުތަކުގެ އެއްބާރުލުމާއެކު މެދުއިރުމަތީގައި އިސްލާމީ މަޖިލީހެއް އުފެއްދިދާނެ. އަދި އެ އޮނިގަނޑުގެ ތެރެއިން އަޅުގަނޑުމެންގެ ސަލާމަތީ، އިގްތިސާދީ، ސަގާފީ އަދި ސިޔާސީ ގުޅުންތައް ތަރުތީބު ކުރެވިދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އެގައުމުގެ ކުރީގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވަނީ އެޓަމިކް ހަތިޔާރު މަނާކުރައްވައި ދީނީ ފަތުވާއެއް ނެރުއްވާފައި ކަމަށެވެ. އަދި އީރާނުގެ އެއްވެސް އޮފިޝަލަކަށް ގިނަ އަދަދެއްގެ މީހުން މަރާލެވޭ ފަދަ ހަތިޔާރު (ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން) އުފެއްދުމާ ދިމާލަށް ފިޔަވަޅެއް ނޭޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ދުނިޔެއަށް ގަބޫލުކޮށްދިނުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ގުޅިގެން ތެހެރާނަށާއި އީރާނުގެ އެހެން ބައެއް ސިޓީތަކަށް ދިން ހަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރާއި، އަސްކަރީ އިސް ކޮމާންޑަރުންނާއި އާންމުން ވަނީ މަރުވެފައެވެ. އީރާނުން މީގެ ރައްދުގައި މެދުއިރުމަތީގައި ހުރި އިސްރާއީލާއި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަލްފް ގައުމުތަކާއި ވާހަކަދައްކަން ތައްޔާރު، މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނޫން: އީރާންދުނިޔެ | ގަޑިއިރެއް ކުރިންނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް: އީރާންދުނިޔެ | 3 ގަޑިއިރު ކުރިންވެރިން އަވަހާރަކޮށްލައިގެން ވެރިކަން ވައްޓާލެވޭނެކަމަށް ދުށުމީ ބޮޑު ކުށްހީއެއް: އީރާންދުނިޔެ | 4 ގަޑިއިރު ކުރިންއަސްކަރީ ގާބިލުކަން ދައްކައިދޭ ވީޑިއޯއެއް އާންމުކޮށް ސައޫދީގެ އިންޒާރެއް އީރާނަށްދުނިޔެ | 16 ގަޑިއިރު ކުރިން