logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނަށް ހަމަލަދޭން ޔޫކޭއިން ފޯޅަވަހި ދިނުމުން އީރާނުން އެތަނަށް ހަމަލާދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މާރިޗު 2026 - 05:36
ފޯޅަވަހި
ފޯޅަވަހި

އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ރަސްމީ ހުއްދަ، އިނގިރޭސިވިލާތުގެ ސަރުކާރުން ދިންތާ މާގިނަ އިރެއްނުވެ އީރާނުން ފޯޅަވަހީގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފިއެވެ.

މި ހުއްދައާއެކު އެމެރިކާއަށް ވަނީ އިނގިރޭސިވިލާތުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑާއި، ދިވެހިރާއްޖެއާ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި (ޑިއޭގޯ ގާސިއާ) ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހުއްދަ ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އީރާނުން ވަނީ ދެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އަސްކަރީ މަރުކަޒަށް އަމާޒުކޮށް ހަމަލާދީފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭގެ ތެރެއިން އެއް މިސައިލް ދަތުރުމަތީގައި ފެއިލްވެ، ކުދިކުދިވެގެން ފައިބާފައިވެއެވެ. ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން 'ސްޓޭންޑަޑް މިސައިލް-3' (SM-3)އިންޓަރސެޕްޓަރެއް ފޮނުވާލާފައިވީ ނަމަވެސް، އެ މިސައިލް ވައްޓާލުމަށް ކުރި މަސައްކަތް ކާމިޔާބުވިކަން އޮފިޝަލުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާއާއެކު އެންމެ ބޮޑު ސިހުމެއް ލިބިފައިވަނީ އީރާނުގެ މިސައިލްތަކުގެ ރާސްތާ ހުރި މިންވަރު ހާމަވުމުންނެވެ. ޑިއޭގޯ ގާސިއާ އަކީ އީރާނުގެ ސަރަހައްދުން ގާތްގަނޑަކަށް 4,000 ކިލޯމީޓަރު (2,500 މޭލު) ދުރުގައި އޮންނަ ތަނެކެވެ. މީގެ ކުރިން އީރާނުން ރަސްމީކޮށް ބުނަމުން އައީ އެގައުމުގެ މިސައިލްތަކުގެ ރާސްތާ ހުރީ އެންމެ 2,000 ކިލޯމީޓަރަށް ކަމަށެވެ.

މި ހަމަލާއިން ދޭހަވަނީ އީރާނުގެ މިސައިލް ޓެކްނޮލޮޖީ ކުރިން އަންދާޒާކުރި ވަރަށްވުރެ މާ ބޮޑަށް ކުރިއަރާފައިވާ ކަންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ސަބަބުން އިންޑިއާ ކަނޑާއި، އެފްރިކާ އަދި ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި ހުރި ހުޅަނގުގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް ބޮޑު ނުރައްކަލެއް އޮތްކަން މިހާރު ވަނީ ހާމަވެފައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ހަމަލަދޭން ފޯޅަވަހި ދިނުމުން އީރާނުން އެތަނަށް ހަމަލާދީފިދުނިޔެ | 2 ގަޑިއިރު ކުރިންގަލްފް ގައުމުތަކާއި ވާހަކަދައްކަން ތައްޔާރު، މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނޫން: އީރާންދުނިޔެ | 12 ގަޑިއިރު ކުރިންނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް: އީރާންދުނިޔެ | 14 ގަޑިއިރު ކުރިންވެރިން އަވަހާރަކޮށްލައިގެން ވެރިކަން ވައްޓާލެވޭނެކަމަށް ދުށުމީ ބޮޑު ކުށްހީއެއް: އީރާންދުނިޔެ | 15 ގަޑިއިރު ކުރިން