logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓަރސް ލިސްޓުގައި 200 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 11:29
ވޯޓަރސް ލިސްޓުގައި 200 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

އަންނަމަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދިން މުއްދަތު ހަމަވިއިރު، 200 އަށްވުރެ ގިނަ މީހުން ވޯޓަރސް ލިސްޓުގައި ސޮއިކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ މާރޗު 21 ވީ ހޮނިހިރު ދުވަހުގެ މެންދުރު 13:00 ޖެހުމާއި ހަމައަށް މުއްދަތު ހަމަވުއިރު، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި 230 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޯޓަރސް ލިސްޓުގައި ސޮއިކުރުން އީސީގެ އިންތިހާބުތަކާ ބެހޭ މަރުކަޒުގައި ކުރިއަށްގެންދަނިކޮށް މި މަހުގެ 18 ވީ ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒާ އިންވެގެން ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކޮމިޝަނުން ވަނީ އެތަނުގައި ހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބޭރުކޮށްފައެވެ. އަދި އިންތިޚާބުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ގޮތުން އިންތިޚާބީ މަރުކަޒު ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ސޮއިކުރުމުގެ މަސައްކަތްތަކަށް ބުރޫއެރުމުން، ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރުމަށް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ މުހިންމު ވޯޓެކެވެ. މި ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އެއީ 150،370 ފިރިހެނުންނާއި، 144506 އަންހެނުންނެވެ.

އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާކަަމަށް ބުނެފައެވެ. އަދި ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތިވެސް ފޮނުވުމަށްޓަކައި މިހާރު ތާވަލް ކުރެވިފައިކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓަރސް ލިސްޓުގައި 200 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 2 ދުވަސް ކުރިންވޯޓަރސް ލިސްޓުގައި ސޮއިކުރުން ސޯޝަލް ސެންޓަރުގައިޚަބަރު | 2 ދުވަސް ކުރިންވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފިޚަބަރު | 3 ދުވަސް ކުރިން