logo
Bank of Maldives

Bank of Maldives

ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެ

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 15:05
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެ

މިއަހަރު ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މެންދުރު ޓީވީން ދެއްކުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިއީ މި މަހު 23 ގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަކޮށް، ވީހާވެސް ގިނަ ރައްޔިތުންތަކަކަށް މެޗު ދެއްކުމުގެ މަގްސަދުގައި، ވެވުނު އެއްބަސްވުމެކެވެ. މި މުބާރާތް ޖުމްލަ ފަސް ޕްރައިވެޓް މީޑިއާ އަކުން ދެއްކުމަށް ޕީއެސްއެމް އާއެކު ވަނީ ސޮއިކޮށްފައެވެ. އެއީ އެސްއެސްޓީވީ، ވީޓީވީ، އެމްއެމްޓީވީ، މެންދުރު ޓީވީއާއި ދިވެހި ޗެނަލްއެވެ.

ޕީއެސްއެމް ޓީވީ ބިލްޑިންގައި އޮތް ސޮއިކުރުމުގެ ހަފްލާގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ ޔާމީން އާއި އެގްޒެކިއުޓިވް ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް، ޙުސެއިން އަމީން ނަސީރެވެ.

މި އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީނެވެ. ވީޓީވީގެ ފަރާތުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޙުސެއިން ނިޔާޒް ސޮއިކުރެއްވިއިރު އެމްއެމްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑިއުސަރ އައިމިނަތު ނުޒްލާއެވެ. އެއްބަސްވުމުގައި މެންދުރު ޓީވީގެ ފަރާތުން މުޙައްމަދު އަފްރާޙް އެވެ. އަދި ދިވެހި ޗެނަލްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޝަން މެނޭޖަރު، އާޝިޔާ ޞާލިޙެވެ.

މި އެއްބަސްވުމުގެ ދަށުން، މުބާރާތުގެ މެޗުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޓީމު ކުޅޭ މެޗުތަކުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އިން ގެނެސްދޭ ޕްރީ ޝޯ ވެސް ދައްކާނެއެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑީއާ، ޕާކިސްތާން، ސްރީލަންކާގެ އިތުރުން ބޫޓާނާއި ނޭޕާލް ހިމެނޭހެން ޖުމްލަ ހަތް ޓީމުން ބައިވެރިވާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށާފައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 20:30  ގައެވެ. ދެވަނަ މެޗު 25 ވަނަ ދުވަހުގެރޭ އޮންނައިރު ތިންވަނަ މެޗު އޮންނާނީ 27 ވަނަ ދުވަހުގެ ހަވީރެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 2 ގަޑިއިރު ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 24 ދުވަސް ކުރިންހަތްދުވަސް ފަހުން އުޅަނދަކަށް، އިމާރާތަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނަން: އެފްއޭއެމްޚަބަރު | 2 މަސް ކުރިންރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 2 މަސް ކުރިން