logo
MPL

MPL

ޚަބަރު

މަރުގެ އަދަބު ތަންފީޒުކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

އިސްމާޢިލް ރާތިޢު
23 މާރިޗު 2026 - 05:17
މަރުގެ އަދަބު ތަންފީޒުކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

މަރުގެ އަދަބު ތަންފީޒުކުރުމަކީ އެކުލަވާލެވޭ އުސޫލަކުން ނުވަތަ ގަވައިދަކުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެކަން ގާނޫނީ ފްރޭމްވޯކްއެއްގެ ތެރެއަށް ލައި، އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މިވަގުތު ގައުމުގައިހުރި މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މަރުގެ ޙުކުމް އިއްވި، އެކަން ތަންފީޒުނުކުރެވި ދިގުލައިގެންދާ ދިއުމަށް އިޝާރާތްކުރައްވާ، ރައީސް ވަނީ މިސަރުކާރުގައި އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ފެހިކަންގަދަ ސިގުނަލެއް ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހުގައިވެސް މަރުގެ ޙުކުމް ތަންފީޒުކުރުމާ ހަމައިން މަޑުޖެހިފައިތިބި އެތައް ބައެއް މިހާރުވެސް އެބަ ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު، މިކަމަކީ އެކުލަވާލެވޭ އުސޫލުތަކެއް، ނުވަތަ ގަވައިދުތަކެއްގެ ދަށުން ކުރެވެންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި، މިކަމަށްޓަކައި ވަކި ގާނޫނެއް އެކުލަވާލެވި، މިކަން ގާނޫނީ ފްރޭމްވޯކެއްގެ ތެރެއަށް ސްޓްރީމްލައިން ކުރެވެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިކަމާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް މިގާނޫނު އެކުލަވާލުމުގެ ބިލު ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

....އެހެންވީމަ މަރުގެ އަދަބު ދިނުމަށްޓަކައި، މަރުގެ ހުކުމް ތަންފީޒުކުރުން އެބަޖެހޭ ގާނޫނީ ފްރޭމްވޯކްގެ ތެރޭގައި ސްޓްރީމްލައިންކުރަން ނޫނީ ކަށަވަރުކުރަން. މިއަދާ ހަމައަށް އައި އިރު އެއްވެސްކަހަލަ ގާނޫނެއް މިކަމަކަށް ނެތް. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ހަމައެކަނި ހަދާލެވޭ އުސޫލަކުން ނުވަތަ ގަވައިދަކުން މިކަން ކުރެވިގެން ނުވާނެ. އެހެންވީމަ މިހާރު އަޅުގަނޑުމެން، ބަންޑާރަނައިބުގެ އޮފީހުން އެބަ ކުރިއަށް ގެންދަން މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަބްފީޒުކުރުމުގެ ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާބެހޭ ބިލެއް އެބަ ތައްޔާރުކުރަން. އެހެންވީމަ މި ބިލު، އިރާދަކުރެއްވިއްޔާ ނިމުމަކާ ހަމައަށް ގޮސްފައިވަނީ، މިހާރު ހިނގަމުންދާ މަޖިލީހުގެ، މިއަހަރު މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މީހުން މަރާފައިވާ މީހުންގެ އިތުރުން ވަކި މިންވަރަކަށް ވުރެން އިތުރަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ފަރާތްތަކަށްވެސް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނެވިފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މީގެން އެއްވެސް ބަޔަކަށްވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށް ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ގާނޫނު މަޖިލީހުން ފާސްކޮށް، އެ ގާނޫނު ތަސްދީގުކުރެވޭ ހިސާބުން ފެށިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން މިސަރުކާރުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިކަމަކީ، ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމުގައި ކުރަންޖެހޭ ކަމެއް ކަމަށާއި، އިސްލާމީ ގައުމެއްގައި އޮންނަ އުސޫލުގެ މަތީން، ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ނުކޮށް ހިފެހެއްޓުމަކީ ދައުލަތަށް ލިބިދޭ އިޚްތިޔާރެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | 33 މިނިޓު ކުރިންވީރާނާވާން ދޫކޮށްލި އިމާރާތް ބޮޑު ހޮޓަލަކަށް: "ރައީސް ސާބިތުކޮށްދެއްވީ ގައުމުދެކެ ލޯބިވާކަން"ޚަބަރު | 20 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ ސަރުކާރަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް، މެންހެޓަން ގްރޭންޑް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންކައުންސިލްތައް ބޭނުންވާ ގޮތަށް މަސައްކަތްކުރަން ބާރު ދިނީ މިސަރުކާރުން : ނާސިހުޚަބަރު | 2 ދުވަސް ކުރިން