logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ބަޖެޓުކުރި މަސައްކަތްތައް ކުރިއަށްގެންދާނެ: ރައީސް

މުޙައްމަދު އަފްރާޙް
23 މާރިޗު 2026 - 07:46
މިއަހަރު ބަޖެޓުކުރި މަސައްކަތްތައް ކުރިއަށްގެންދާނެ: ރައީސް

އައު މަޝްރޫޢުތައް ފެށުމުގައިވެސް ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނުގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި އެކި މޮޑެލްތަކަށް މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިލޭ އެހީގެ މަޝްރޫއުތަކާއި ބޭރުގެ ލޯނުގައި ހިންގާ މަސައްކަތްތަކާއި އަދި ކޮންޓްރެކްޓަރ ފައިނޭނެސް މޮޑެލްއަށް ގެންދާ މަސައްކަތްތަކަށް މަޑުޖެހުމެއް ނާންނާނެކަމަށް ވަނީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފަވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށާއި ކޮންޓްރެކްޓަރުންނަށް ދޭންވާ ފައިސާވެސް ދިނުމާއެކު، މަސައްކަތްތައް ނުހުއްޓި ގެންދެވޭނެގޮތަށް ކަންކަން ހަމަޖައްސަމުންދާކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ، މަސައްކަތްތައް ހުއްޓި، މުޅި ޤައުމު ހުއްޓުމަކަށް އައިސް އޭގެ ގެއްލުން ވާނެކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވީ މެޖޯރިޓި މަޝްރޫއު ވަނީ ސޮއިކޮށްފައި ކަމަށާއި މިހާރު ބާކީ %35- %40 މަޝްރޫޢުގެ މަސައްކަތް ކަމަށެވެ. އަދި ދެން ބަލާނީ ޕްރިއޯރިޓީ ދޭންވީ މަސައްކަތްތަކަކީ ކޮބާތޯކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެންމެ މުހިންމީ ބޯހިޔާވަހިކަތާ ސިއްޙީ ދާއިރާގެ މަސައްކަތްތައް. އާ މަޝްރޫޢުތައް ފެށުމުގައިވެސް މި ދާއިރާތަކުގެ މަސައްކަތް މަޑުނުޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. މަސައްކަތްތައް ތަރުތީބުކޮށް ބަދަލުތައް ގެންނާނީ ޙާލަތަށް އަންނަމުންދާ ބަދަލުތައް ބެލުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންމި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 14 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | ދުވަހެއް ކުރިން