logo
MPL

MPL

ޚަބަރު

ތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މާރިޗު 2026 - 13:59
ތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ،  އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ ދެ ދާއިރާ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ކޮންޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރު ކުންފުންޏެއްކަމަށްވާ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

ކޮންޓްރެކްޓަރ ފައިނޭސް އުސޫލުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.

މި މަޝްރޫޢުގެ މުއްދަތަކީ 450 ދުވަހެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ތިނަދޫ ސިޓީގައި އިތުރު 200 ހައުސިން ޔުނީޓް އެޅުމަށް ބީލަމަށް ހުޅުވާލާފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ބީލަމުގެ މުއްދަތު ހަމަވިއިރު 1022 ފަރާތަކުން ވަނީ ކުރިމަތިލާފައިކަމަށެވެ. މި ބީލަމުގެ މަރުހަލާތައް ނިމުމުން ކޮންޓްރެކްޓަރާއި މަޝްރޫޢޫ ހަވާލުކުރާނެކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | ދުވަހެއް ކުރިންއާބާދީ އޮޅުވާލި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 7 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 8 ދުވަސް ކުރިންހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފިޚަބަރު | 9 ދުވަސް ކުރިން