logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޮޖިސްޓިކްސް މައި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރޭ

މުޙައްމަދު އަފްރާޙް
24 މާރިޗު 2026 - 06:36
ކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޮޖިސްޓިކްސް މައި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރޭ

ކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޮޖިސްޓިކްސް މައި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރި މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ގާއިމްވެތިބި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަޢީދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރާއި ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކަރ" ގެ ނަމުގައި ހިންގަމުންދާ ކަމަށާއި މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދިން ނަމަވެސް، މި ނެޓްވޯކް ހިންގުމުގައި އެމްޕީއެލް އިން އިސްދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެއީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވާތީ ކަމަށާއި ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭނެ ނިޒާމު، ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ، ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށްވެސް ނިންމަވާފައެވެ. މި ރިޒާވް ޤާއިމްކުރުމަށް ނިންމަވާފައިވަނީ، ރާއްޖޭގެ 3 ސަރަޙައްދެއްގައެވެ. އަދި މިއީ 1 އަހަރު ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމަކަށްވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޮޖިސްޓިކްސް މައި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރޭ ޚަބަރު | 2 ގަޑިއިރު ކުރިންއަސާސީ ކާބޯތަކެތި ލިބެން ހުންނާނެކަމުގެ ޔަގީންކަން މިނިސްޓަރ ސައީދު ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 24 ދުވަސް ކުރިންއެމްޑީޕީ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުދިނުމުން ކަންކުރި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވޭ: ސައީދުޚަބަރު | މަހެއް ކުރިން