logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްމާޢިލް ރާތިޢު
25 މާރިޗު 2026 - 04:33
ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ތެރޭގައި ބާއްވާ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ދުރާލާ ތައްޔާރުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތް ހިމާޔަތްކޮށް ވަރުގަދަ ކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށާއި މީގެ މައިގަނޑު މަޤްސަދަކީ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިއާއެކު ވިޒިޓް މޯލްޑިވްސް ވަނީ، މިއަހަރު ތެރޭ މުހިންމު މާކެޓްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއަހަރު ތެރޭ ބައިނަލްއަޤްވާމީ 21 މައުރަޒެއްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ވިޒިޓް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާއި ގުޅިގެން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާޢަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އިސްތިހާރުކުރަން މެލޭޝިޔާގައި ރޯޑް ޝޯވއެއް ބާއްވައިފިޚަބަރު | 14 ދުވަސް ކުރިންޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 16 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 17 ދުވަސް ކުރިންފަތުރުވެރިކަން ސިންދަފާތުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމުޚަބަރު | މަހެއް ކުރިން