logo
Bank of Maldives

Bank of Maldives

ޚަބަރު

ވ. އަތޮޅުގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ފަހު ދެ މީހުންގެ ހަށިގަނޑު ނަގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މޭ 2026 - 08:39
އަންގާރަ ދުވަހު ނެގި ދެ ހަށިގަނޑު މޯޗަރީއަށް ވައްދަނީ، ފޮޓޯ: ރޮއިޓާސް
އަންގާރަ ދުވަހު ނެގި ދެ ހަށިގަނޑު މޯޗަރީއަށް ވައްދަނީ، ފޮޓޯ: ރޮއިޓާސް

 

ވ. އަތޮޅުގެ ފުން ހޮހަޅައަކަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، މިހާތަނަށް ނުފެނި ތިބި ފަހު ދެ މީހުންގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން ބައިނަލްއަގްވާމީ މީޑިއާތަކަށް ކަށަވަރުކޮށްދީފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ހަށިގަނޑު ފެނުމާއެކު، މި ހާދިސާގައި މަރުވި ފަސް މީހުންގެ ހަށިގަނޑު މިހާރު ވަނީ އެއްކޮށް ހޯދިފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ''އޭއެފްޕީ ނިއުސް އޭޖެންސީ''އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮހަޅައިގެ ތެރޭގައި ތިބި ފަހު ދެ ޑައިވަރުންގެ ހަށިގަނޑު މިހާރު ވަނީ މައްޗަށް ނަގާފައި ކަމަށެވެ.

މީގެ ތެރެއިން އެއް ހަށިގަނޑު މިހާރު ސަޕޯޓް ބޯޓަށް ނަގާފައިވާއިރު، ދެވަނަ ހަށިގަނޑު މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންދަނީ ޑިކޮމްޕްރެޝަން ސްޓޮޕްތަކަށް ބަލައިގެން ކަމަށް އިޓަލީގެ އޮފިޝަލުން ބުނެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގައެވެ. ހާދިސާ ހިނގި ދުވަހު އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު 60 މީޓަރު (195 ފޫޓު) އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. މި މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ޑިކޮމްޕްރެޝަން މައްސަލަތަކެއް ދިމާވެގެން މިދިޔަ ހޮނިހިރު ދުވަހު ނިޔާވެފައެވެ.

މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅުގެ އިތުރުން ދެ ރިސާޗަރުން ހިމެނެއެވެ. ނަމަވެސް ޔުނިވަރސިޓީން ބުނެފައިވަނީ މި ޑައިވިންއަކީ ސައިންޓިފިކް މިޝަންގެ ބައެއް ނޫން ކަމަށާއި، މިއީ އަމިއްލަ ހައިސިއްޔަތުން ކުރި ކަމެއް ކަމަށެވެ. 

"މި ހަރަކާތަކީ ޔުނިވަރސިޓީން ހުއްދަ ދީފައިވާ މިޝަންގެ ބޭރުން ހިންގާފައިވާ ކަމެއްކަން ސާފުވޭ،" އިޓަލީގެ ނޫހަކުން ޔުނިވަރސިޓީއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން ފަތުރުވެރިންނަށް 30 މީޓަރަށްވުރެ ފުންމިނަށް ފީނުމަކީ މަނާ ކަމެކެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގު ނިމެންދެން އެމީހުން ބޭނުންކުރި ޑައިވް ބޯޓުގެ ލައިސަންސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ޑައިވިންއަކީ މަގުބޫލު ކަމަކަށްވާއިރު، މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ނިސްބަތުން މަދު ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ފަހު ދެ މީހުންގެ ހަށިގަނޑު ނަގައިފިޚަބަރު | ގަޑިއިރެއް ކުރިންފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީންޚަބަރު | 18 ގަޑިއިރު ކުރިންމިއީ ޑައިވަރުންގެ މަރާއި ގުޅުވައި ހަގީގަތް ނޭނގި ތިބެ "މާހިރުން" ކަމަށް ހެދިގެން ވާހަކަދައްކަންޖެހޭ ވަގުތެއް ނޫން: ތަޖުރިބާކާރު ޑައިވަރެއްޚަބަރު | ދުވަހެއް ކުރިންރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެޚަބަރު | 2 ދުވަސް ކުރިން