logo
Bank of Maldives

Bank of Maldives

ޚަބަރު

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް ހުޅުވާލައިފި

އާމިނަތު ޝަފާ
10 އޮކްޓޯބަރު 2024 - 13:23
ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް ވަނީ ހުޅުވާލާފައި
ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް ވަނީ ހުޅުވާލާފައި

އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ޤާއިމްކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް ހުޅުވާލައިފިއެވެ.

މެންދުރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބިޒްނެސް ސެންޓަރ ކޯޕަރޭޝަންގެ ސީނިއާ މެނޭޖަރ ޕްރޮޖްކްޓް އެޑްމިނިސްޓްރޭޓަރ މުހައްމަދު އީމާން އަހުމަދު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ތަސައްވުރެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަންޑަކީ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށައެޅިފައިވާ ފަންޑެއް.

އީމާން ވިދާޅުވީ މިއަދު ހުޅުވާލާފައިވަނީ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސް ސްކީމްގެ ދަށުން އެހީ ދޫކުރުމަށްކަމަށެވެ.

ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް 4 ދާއިރާއަކުން ހުޅުވާލާނަން. ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާއަށް ފަންޑު ލިބޭނެ.

އިމާން ވިދާޅުވީ އަންނަ އަހަރު ތެރޭގައި، ފަންޑު ފުޅާކޮށް އިތުރު ދައިރާތަކަށް ފުރުސަތު ފަހިކޮށްދެވޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުންނެވެ. ބީސީސީން ބުނީ މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދި ހުށަހަޅާ ކޮންމެ ފަރާތަކީ ޢުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއް ކަމުގައިވާން ޖެހޭނެކަމަށެވެ. އަދި އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ ދަފްތަރުގައި ނުވަތަ ބީސީސީން ބަލަހައްޓާ އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވެސް ވާންޖެހޭނެކަމަށް ބީސީސީން ބުނެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގައި އެ ކަމަށް ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ދަފްތަރުވުމުގެ ފުރުޞަޠު މިދިޔަ މަހުގެ 27 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 12 ދުވަސް ކުރިންފަންނުވެރިންނަށް މާލީ އެހީދޭ ސްކީމަށް ބޮޑު ތަރުޙީބެއްޚަބަރު | އަހަރެއް ކުރިންކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމް ހުޅުވާލައިފި ޚަބަރު | އަހަރެއް ކުރިންއަމިއްލަ މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީޚަބަރު | އަހަރެއް ކުރިން