logo
MPL

MPL

ޚަބަރު

ދެ އިންތިހާބު އެއްދުވަހު ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި: އަކްރަމް ކަމާލުއްދީން

މުޙައްމަދު އަފްރާޙް
26 މާރިޗު 2026 - 14:29
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: މިހާރު
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: މިހާރު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި ކަމުގައި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހު ބޭއްވުމުން ވާނެ ފުރަތަމަ ފައިދާ އަކީ ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވެ، ނުފޫޒުން އެއްކިބާވެ، ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ކަމަކީ، މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް އެ ވޯޓު ދޭއިރު، ވެރިކަމަށް އަންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން ކަމަށާއި އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުމާއެކު އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން ވެސް އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ފާހަގަކުރައްވާފައިވާ ގޮތުގައި ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫން ކަމަށާއި އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވާނެއެވެ. އަދި އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ ކަމުގައި އަކްރަމް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 4 މަސް ކުރިންއަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 6 މަސް ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | 6 މަސް ކުރިންދެ އިންތިޚާބާއި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރަނީޚަބަރު | 6 މަސް ކުރިން