logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

އިސްމާޢިލް ރާތިޢު
26 މާރިޗު 2026 - 17:34
ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ، މިރޭ އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި, ވަޒީރުންނާއި، ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ އިތުރުން ބީއެމްއެލްގެ ޗެއަރޕަރސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އާރް.ސީ.ސީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިންގ މިނިސްޓްރީން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތްކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އާރުސީސީ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރެކްޝަން މަސައްކަތްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ.

ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް-ޓު-އޯން ނުވަތަ ކުލި ދައްކަމުންގޮސް މިލްކުވާ މޮޑެލްއެއް ފުޅާ ދާއިރާއެއްގައި ތަޢާރަފުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ކުރިން އިކުއިޓީ ނުވަތަ އެޑްވާންސަށް ދޭންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގެ މަހު ކުއްޔެއްގައި، އާއިލާތަކަށް ކުއްޔެއް ދައްކަމުންގޮސް އެމީހުންގެ އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ތެރެއިން ކުޑަ އާމްދަނީ ލިބޭ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ، ގިނަފަރާތްތަކަކަށް ގެދޮރުވެރިވުމަށް ލިބޭ އެކަށޭނެ ހައްލެއް." ކަމަށް ޝަރީފު އިތުރަށް ވިދާޅުވިއެވެ.

ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރާ މަސައްކަތްތައް ވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެޕާޓްމެންޓެއް ގަތުމަށާއި ދިރިއުޅުމަށް ގެއެއް ޢިމާރާތްކުރުމަށް އަމިއްލަ އަށް ކުރަންޖެހޭ ހަރަދު %20 އިން %5 އަށް ދަށްކޮށްފައި ވާކަމާށާއި 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނާއި ފައިނޭންސް މުޅިން އަލަށް މިދިޔަ އަހަރު ވަނީ ދޫކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ހައުސިންގ މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި 'ހިޔާވެހި ފައިނޭންސިންގ' ދަށުން ފައިނޭންސްދޫކޮށް، ރަށްރަށުގައި އިތުރު ރަހުނަކާ ނުލައި ގެދޮރު އެޅުމަށާއި މަރާމާތް ކުރުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެއްދެވުމަށް ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމާއި، ދެއްވާފައިވާ ބޮޑެތި ލުއިތަކަށްޓަކައި ސީއީއޯ ޝަރީފު ވަނީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. ވަކިން ޚާއްޞަކޮށް، ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖެހިގެން ދިއުމަކީ މަޝްރޫއުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވި ދިވެހި އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެން ދިޔަކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި ޚަބަރު | ގަޑިއިރެއް ކުރިންތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ ބޮޑު މަސައްކަތެއްގައި ބައިވެރިވީ މަންފާއަކަށް ނޫން: ޝަރީފްވިޔަފާރި | 5 ދުވަސް ކުރިންކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފިޚަބަރު | 8 ދުވަސް ކުރިން