logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލައް ސިޓީ އެއާޕޯޓުގައި އައު އޭޓީއެމްއެއް ހުޅުވައިފި

ޒިދާން މުޙައްމަދު
17 ޖޫން 2026 - 13:42
ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލައް ސިޓީ އެއާޕޯޓުގައި އައު އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލައް ސިޓީގެ އެއާޕޯޓުގައި އައު އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ. މިއީ އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށާއި އެ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭންކިންގް ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި އޭޓީއެމްއެކެވެ.

މިއަދު ހުޅުވުނު މި އޭޓީއެމްއާއެކު، ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު މިހާރު ވަނީ 4 އަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާ ނެގުމަށް ހާއްސަ 3 އޭޓީއެމް އާއި ޔޫއެސް ޑޮލަރު ނެގުމަށް ހާއްސަކުރެވިފައިވާ 1 އޭޓީއެމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އައު އޭޓީއެމްގެ ސަބަބުން އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނެގުމާއި އެހެނިހެން އަސާސީ ބޭންކިންގް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯޚަބަރު | ދުވަހެއް ކުރިންބޭންކް އޮފް މޯލްޑިވްސް 1.7 ބިލިޔަން ޑޮލަރު ވިއްކައިފިވިޔަފާރި | 5 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިޚަބަރު | 11 ދުވަސް ކުރިންއީކޮމާސް ވިޔަފާރި މުއާމަލާތްތައް ކޮވިޑަށް ފަހު އިންތިހާއަށް އިތުރުވެއްޖެ: ބީއެމްއެލްވިޔަފާރި | 16 ދުވަސް ކުރިން