އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި 230 ދަރިވަރުންނާއި މުދައްރިސުން ވަނީ ޝަހީދުވެފައި: އީރާން
27 މާރިޗު 2026 - 18:09

އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 230 ދަރިވަރުންނާއި މުދައްރިސުން ޝަހީދުވެފައިވާ ކަމަށް އީރާނުން އަންގާރަ ދުވަހު ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމަށް ހަމަލާތައް ދޭން ފެށި ފަހުން 230 ދަރިވަރުންނާއި މުދައްރިސުން ޝަހީދުވެފައިވާއިރު، 177 ދަރިވަރުންނާއި ސަގާފީ ދާއިރާގެ ބޭފުޅުން ޒަހަމްވެފައިވާ ކަމަށް އީރާނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މީގެ އިތުރުން، ހަނގުރާމަ ފެށުނީއްސުރެ ތައުލީމީ އަދި ސަގާފީ ހިދުމަތްތައް ދޭ 600 އަށްވުރެ ގިނަ އިމާރާތަށް ގެއްލުންވެ ނުވަތަ ސުންނާފަތިވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ވައިގެ މަގުން ހަމަލާތައް ދެމުންދާއިރު، މިހާތަނަށް 1،340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އޭރުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.
ތެހެރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ އިތުރުން، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާއިރު، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ.

.jpg&w=3840&q=75)
