logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

ޖެޓް ފިއުލްގެ އަގު 83 އިންސައްތައަށް އުފުލި އެއާލައިންތަކެއް ބޮޑު ގޮންޖެހުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މާރިޗު 2026 - 02:31
ޖެޓް ފިއުލްގެ އަގު  83 އިންސައްތައަށް އުފުލި އެއާލައިންތަކެއް ބޮޑު ގޮންޖެހުމެއް

ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ތެޔޮ (ޖެޓް ފިއުލް) ގެ އަގު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 83 އިންސައްތައަށް އުފުލި، އެއަރލައިންތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައި.އޭ.ޓީ.އޭ) އިން ބުނެފިއެވެ.

އައި.އޭ.ޓީ.އޭ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފުތާގެ ތެރޭގައި އެކަނިވެސް ތެލުގެ އަގު ވަނީ 11.2 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު 175 ޑޮލަރަށް އަރާފައެވެ. އަދި އަހަރީ ގޮތުން ބަލާއިރު، މި އަގު ވަނީ 94.4 އިންސައްތައަށް އުފުލިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތަށް ކުއްލިއަކަށް ތެލުގެ އަގު ބޮޑުވުމަކީ އެއަރލައިންތަކުގެ ފައިދާއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ސަބަބަކީ ތެލަކީ އެއަރލައިންތަކުން ކުރަންޖެހޭ އެންމެ ބޮޑު އެއް ޚަރަދަށް ވެފައި، ކުއްލިއަކަށް އަގު ބޮޑުވުމުން ޓިކެޓުގެ އަގަށާއި އޮޕަރޭޝަންތަކަށް ބަދަލު ގެނައުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީއެވެ.

ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެގޮތުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.

މި ހަމަލާތަކުގައި އީރާނުގެ ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، މީގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށާއި މާލީ ބާޒާރުތަކަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެޓް ފިއުލްގެ އަގު 83 އިންސައްތައަށް އުފުލި އެއާލައިންތަކެއް ބޮޑު ގޮންޖެހުމެއްދުނިޔެ | 2 ގަޑިއިރު ކުރިންސަލާމަތީ ވެރިޔާ ލާރިޖާނީ، ބަސީޖުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލިކަން ކަށަވަރުކޮށްދީފި ދުނިޔެ | 3 ގަޑިއިރު ކުރިން 37 އަހަރު ފަހުން ނައިޖީރިއާގެ ވެރިއަކު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްދުނިޔެ | 17 ގަޑިއިރު ކުރިންއީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެޚަބަރު | ދުވަހެއް ކުރިން