logo
MPL

MPL

ޚަބަރު

ހުޅުމާލޭގެ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށް

އިސްމާޢިލް ރާތިޢު
28 މާރިޗު 2026 - 04:15
ހުޅުމާލޭގެ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުމާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ޙަވާލުވެއްޖެއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު މިމަހުގެ 24 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެކުންފުނިން ރަސްމީކޮށް ވަނީ ހަވާލުވެފައެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ވަނީ، ފްލެޓްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓާ އެޗްޑީސީން ޙަވާލުވިއިރު، ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުލި ގަވާއިދުން ނުދައްކާތީ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގި ބިން އަތުލައިފިޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 17 ދުވަސް ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | މަހެއް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | މަހެއް ކުރިން