logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން ޔޫކޭއަށް އެންގި: ބީބީސީ

އިސްމާޢިލް ރާތިޢު
28 މާރިޗު 2026 - 07:21
ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން ޔޫކޭއަށް އެންގި: ބީބީސީ

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ބަލައިނުގަންނަކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގަވާފައިވާކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސް ބީބިސީ އިން މިއަދު ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި "އިންތިހާއަށް ކަންބޮޑުވާންޖެހޭ" މި އެއްބަސްވުމާ ދެކޮޅުކަން، ލިޔުމުން ފޮނުވި ދެ އިޢުތިރާޒަކާއި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ފޯނުން ކުރެއްވި މަޝްވަރާއެއްގައި ރާއްޖެއިން ހާމަކޮށްފައިވާކަމަށް ރައީސް މުޙައްމަދު މުޢިއްޒުގެ އޮފީހުން ވަނީ އެ ނޫސް އެޖެންސީ އަށް މަޢުލޫމާތު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާ ކަނޑުގެ މި ޖަޒީރާ ރަސްޖެއިން ދަނީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް ދަޢުވާކުރަމުންނެވެ. އަދި މި ދަޢުވާ ކުރިއަށް ގެންދިއުމަށް ބައިނަލްއަޤުވާމީ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

''އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީވަން ޑޯޓީ ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށާއި، އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށް،'' އެ ނޫހުގައި ބުނެފަވެއެވެ.

"ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ގޮތުގައި އިނގިރޭސިވިލާތުން ނަން ދީފައިވާ ޗާގޯސް ޖަޒީރާތައް އޮންނަނީ އިންޑިއާ ކަނޑުގައެވެ. 19 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އެ ތަން ކޮންޓްރޯލް ކުރަމުން އަންނަނީ އިނގިރޭސިވިލާތުންނެވެ. ނަމަވެސް އެއީ ރާއްޖޭގެ ދަށުގައި ކުރިން އޮތްތަނެއްކަމުގެ ތާރީޚީ ހެކި ހުރިކަމަށް ދިވެހި ތާރީޚީ ދިރާސާވެރިން ވަނީ ތަކުރާރުކޮށް ސާބިތުކޮށްދީފައެވެ.

މިދިޔަ އަހަރު އިނގިރޭސި ސަރުކާރުން ވަނީ އެ ސަރަޙައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެފައެވެ. އެއީ އެންމެ ބޮޑު ރަށުގައި އޮންނަ އިނގިރޭސި-އެމެރިކާ ގުޅިފައިވާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑް ދައްކާ ގޮތަށެވެ.

މޮރިޝަސްއިން އެ ޖަޒީރާތަކަކީ އެމީހުންގެ ތަނެއް ކަމަށް ދަޢުވާކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ޤައުމުން ވަނީ ބައިނަލްއަޤުވާމީ ޤާނޫނީ ފިޔަވަޅުތައް ވެސް އަޅާފައެވެ. ލޭބަރ ޕާޓީގެ މިނިސްޓަރުން ވަނީ މޮރިޝަސްއާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ބައިނަލްއަޤުވާމީ ކޯޓުތަކުގެ ނިންމުންތަކުގެ ސަބަބުން އަސްކަރީ މަރުކަޒުގެ މުސްތަޤުބަލަށް ނުރައްކާވެދާނެ ކަމަށް ބުނެފައެވެ.

ނަމަވެސް، މި އެއްބަސްވުން އަދި އިނގިރޭސި ޤާނޫނުގެ ދަށުން ކަށަވަރުކޮށްފައެއް ނުވެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރަށް އެ ސަރަޙައްދު ދޫކޮށްނުލުމަށް ބާރުއެޅުއްވުމާ ގުޅިގެން، މި އެއްބަސްވުން މިހާރު އޮތީ މުއްދަތެއް ނެތް ގޮތަށް މަޑުޖެހިފައެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ކޮންޓްރޯލް އޮތުމާ ރާއްޖެއިން ދެކޮޅު ހަދާއިރު، ރާއްޖެއިން ބުނަނީ އެ ޖަޒީރާތަކާ މެދު އެތައް ޤަރުނެއްވީ ތާރީޚީ ދަޢުވާތަކެއް ރާއްޖެއަށް އޮތް ކަމަށެވެ.

ބީބީސީއަށް ފޮނުވި ތަފްޞީލީ ބަޔާނެއްގައި، ރައީސް މުޢިއްޒުގެ އޮފީހުން ވަނީ ޗާގޯސްއާ މެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތާއި އިނގިރޭސި ސަރުކާރާއެކު ކުރެވުނު ޚާރިޖީ މުޢާމަލާތްތައް ހާމަކޮށްފައެވެ.

މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިޢުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ ނޮވެމްބަރު 2024 އަދި ޖެނުއަރީ 2026 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން ޔޫކޭއަށް އެންގި: ބީބީސީޚަބަރު | 2 ގަޑިއިރު ކުރިންމޮރިޝަސް އިން ބޮޑާހޭކިނަމަވެސް ޗާގޯސްގެ ހައްގުވެރިއަކީ ރާއްޖެޚަބަރު | މަހެއް ކުރިންޗާގޯސްގެ މައްސަލައާ ގުޅިގެން މޮރިޝަސް އިން ރާއްޖެއާއެކު ޚާރިޖީ ގުޅުން މެދުކަނޑާލަން ނިންމައިފިޚަބަރު | މަހެއް ކުރިންމިއަހަރު ނޮވެންބަރ 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީޚަބަރު | 2 މަސް ކުރިން