logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ރިޕޯޓް

ރަށްރަށު މަތިން އުދުހިދާ ދޫންޏަކަށް ފެންނާނެ ގޮތް، ފާހަގަ ޖަހަންވީ ދޫންޏަށް!

މުހައްމަދު މޫސާމުހައްމަދު މޫސާ
28 މާރިޗު 2026 - 08:58
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޭސް ދެއެއްގައި މި ސަރުކާރުން ތަރައްގީކޮށްދިން ކުޅިވަރު އެކުވެނި
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޭސް ދެއެއްގައި މި ސަރުކާރުން ތަރައްގީކޮށްދިން ކުޅިވަރު އެކުވެނި

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ 3 ވޯޓުގައި ވެސް ''ދޫންޏަށް'' ނުވަތަ ޕީއެންސީ ކޮޅަށް ވޯޓުލާން ޖެހޭ ސާފު ހެކި ބާރަށު ދާއުރާގެ މެމްބަރު އިބްރާހީމް ޝުޖާޢުގެ އެންމެ ޖުމްލަ އަކުން ވެސް ލިބެއެވެ.

ޝުޖާޢުގެ މީސް މީޑިއާގެ ޕޯސްޓެއްގައި ''ބާރަށު މަތިން އުދުހިދާ ދޫންޏަކަށް ފެންނާނެ ގޮތް'' ވަނީ ދައްކަވާއިލެއްވާފައެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެރަށަށް ގެނެސްދެއްވާފައިވާ ތަރައްގީ އާއި ތަމައްދުންގެ ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓެކެވެ. ބާރަށު މަތިން ފެންނާން އޮތީ ތަރައްގީގެ ކުލައެވެ. ވިޝަނަރީ ލީޑަރެއްގެ މުޅި ރާއްޖޭގެ ތަރައްގީ ކުލަވަމުން އަންނަތަން މި ފޮޓޯތަކުން ފެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

undefined

ބާރަށު ފުޓްބޯޅަ ދަނޑު ދިއްލާލާފައި، ޝުޖާޢު ވިދާޅުވީ ދޫނި ބާރަށު މަތިން އުދުހިދާއިރު މި މަންޒަރު ފެންނާނެ ކަމަށް

 

މިއީ އެއް ރަށުގެ ވާހަކައެކެވެ. މިއީ މިއަދު ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަމުން އަންނަ މަންޒަރެވެ. ދޫނިތައް ރައްތަކުގެ މަތިން އުދުހިލީމައި ކޮންމެ ރަށަކުން ވެސް އެކި ވަރުގެ ތަރައްގީ ފެންނަމުން ދެއެވެ. ނިމިފައިވާ މަޝްރޫޢުތަކާއި ނިމެމުންދާ މަޝްރޫޢުތަކެވެ. ފެށިފައިވާ މަޝްރޫޢުތަކާއި ފެށުމުގެ މަރުޙަލާގައިވާ އެތައް މަޝްރޫޢުއެވެ.

Capture.PNG

ކުޑަހުވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

 

ދޫނިތައް އުދުހެމުންދާއިރު ޕީއެންސީގެ ރީތި ނޫކުލައިގެ ތެރެއިން ފޭއްދިގެން އަންނަނީ ހިކެމުންދާ ބިންތަކެވެ. ބޯހިޔާވަހިކަމުގެ ހިތްދަތިކަން ފިލައި ހަމަނޭވާއެއް ލެވޭނެކަމުގެ ސާފު މަންޒަރެވެ. އަޅަމުންދާ އެއާ ޕޯޓުތަކާއި، ހަދަމުންދާ މަގުތަކެވެ. ހިމާޔަތް ކުރަމުންދާ ގޮނޑުދޮށްތަކާއި، ޒަމާނީ ފެންވަރަށް ހަދަމުންދާ މަގުތަކެވެ.

Capture.PNG

މި ސަރުކާރުން ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލާފައި، ބޯހިޔާ ވަހިކަމުގެ އުންމީދު ކަށަވަރުކޮށްދޭނީ މި ސަރުކާރުން ކަން ދަނީ ސާބިތުކޮށްދެމުން

 

ދޫނިތައް މުޅި ރާއްޖޭގައި ބުރު ޖެހުމުން ވެސް ފެންނާނީ މި މަންޒަރުތަކެވެ. ހޮސްޕިޓާލައް އަޅާ މަންޒަރުތަކާއި، ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ވަމުންދާ މަންޒަރެވެ. ޔޫތު ސެންޓަރުތަކާއި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކެވެ. އެހެން ކިޔާނެކަމެއްނެތެވެ. ތަރައްގީގެ ހުރިހާ ކުލައެއްޖެހި ދިވެހިންގެ ރާއްޖެ ދިވެހީންނަށް ކަށަވަރުވެފައިވާތަން ފެންނާނެއެވެ.

Capture.PNG

ށ. މިލަންދޫ ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢު ކުރިއަށް ދަނީ

 

މިއީ ހަމައެކަނި ބާރަށު މަތިން އުދުހިގަތް ދޫނިތަކަށް ސިފަވާ މަންޒަރަރުތަކެއްނޫނެވެ. ކޮންމެ ރައްޔިތަކަށް ވެސް ފެންނަމުންދާ މަންޒަރުތަކެވެ. އަމިއްލަ ރަށުގެ ތަރައްގީ އާއި ދެން ހުރި ރަށުގެ ތަރައްގީ ވެސް އަމިއްލަ ލޮލުން ދެކި، މީސް މީޑިއާގެ ވަސީލަތްތަކުން ވެސް މިހިރަ ދަނީ ފެންނަމުންނެވެ.

631534856_122276932946198234_6577091874803849933_n.jpg

ހއ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށް ދަނީ

 

ދެން އޮތީ މި މަންޒަރުތަކުގެ ކުލަ ފަނޑުވިޔަ ނުދީ ހަގީގީ ސްޕީޑް ގެނުވައި، ނިންމައިލުމަށް ސަރުރާރުކޮޅަށް ވޯޓުއަޅައި ވޯޓުފޮށިތައް ފުރައިލުމެވެ. އިދިކީލި ހަމަ އެކަކަށް ވެސް ފުރުސަތެއް ދޭނެކަމެއްނެތެވެ. ބޭކާރު ހޯބޯ ލަވާކަށް ''ބޮލެއް'' ހޮވުމުގެ ބޭނުމެއް ނެތެވެ. ތަރައްގީ ކަށަވަރުކުރަން ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮޅީގައި ފާހަގަ ޖަހާށެވެ. އެއިރުން ތިޔަ އިންތިޒާރުކުރާ މާދަމާ މާ އުފާވެރިވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ހުޅުދޫގައި ޕީއެންސީއަށް އޮތް ތާޢީދު ދައްކާޅުމަށް އުޅަނދުބުރެއް!ޚަބަރު | 2 ގަޑިއިރު ކުރިންރަށްރަށު މަތިން އުދުހިދާ ދޫންޏަކަށް ފެންނާނެ ގޮތް، ފާހަގަ ޖަހަންވީ ދޫންޏަށް!ރިޕޯޓް | 3 ގަޑިއިރު ކުރިންގައުމެއް ތަރައްގީވާނީ، އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން: އަލައިކާޚަބަރު | 18 ގަޑިއިރު ކުރިންޕީއެންސީގެ މުރާލި ކެމްޕޭނުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީންރިޕޯޓް | 18 ގަޑިއިރު ކުރިން