logo
MPL

MPL

ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމު ހުޅުވައިފި

އައިޝަތު ނަޝާ
29 މާރިޗު 2026 - 05:59
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާއު އީއާހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އީއާރްގެ ޚިދުމަތްތަކާއި އެތަން ބައްލަވައިލައްވާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވިގެންދިޔަ އައު އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 6 އެނދުގެ މައްޗައް އެކުލެވޭ އަދި ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން ތަރައްޤީކޮށްފައިވާ ފެސިލިޓިއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތޭރޭގައި އޮންނަ ވޯޑެއްގައި ވީނަމަވެސް އައު އީއާރްގެ ޚިދުމަތާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރި ކުރެވި ކުއްލި ހާލައްތަކުގައި ބަލި މީހާއަށް ދެވޭ ފަރުވާ އަވަސްވެ ޚިދުމަތްދިނުމުގައި ލުއިފަސޭހަކަމެއް ލިބިގެންދާނެއެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ

ކުޅުދުއްފުށީ ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީވެގެންދާއިރު، ފުލް ފްލެޖް އީއާރް ފެސިލިޓީއެއް ހޮސްޕިޓަލަށް އަންނާނެއެވެ. މި އިމާރާތަކީ 13،500 އަކަފޫޓުގެ އިމާރާތެކެވެ. މި މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އަދި ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | ދުވަހެއް ކުރިންއިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 5 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 6 ދުވަސް ކުރިންނަފްސާނީ ފަރުވާ ހޯދުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކޭ މުޖުތަމައެއް ބިނާކުރަންޖެހޭ: ސާޖިދާޚަބަރު | 9 ދުވަސް ކުރިން