logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

މުސްލިމުން ކުޑަކަކޫ ނުޖަހާނެކަމުގެ މެސެޖާއެކު ބޯ ވާރޭގައި އެތައް ސަތޭކަ ބަޔަކު ތުރުކީގެ މަގުތަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2026 - 17:48
މުސްލިމުން ކުޑަކަކޫ ނުޖަހާނެކަމުގެ މެސެޖާއެކު ބޯ ވާރޭގައި އެތައް ސަތޭކަ ބަޔަކު ތުރުކީގެ މަގުތަކަށް

ތުރުކީގެ އިސްތަންބޫލްގެ މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ބާއްވައިފިއެވެ.

ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމަށާއި ތުރުކީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭރުކުރުމަށް ގޮވާލައި އެތައް ސަތޭކަ މީހުނެއް ވަނީ އިސްތަންބޫލްގެ މެދުތެރެއަށް އެއްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދީނީ އަދި ކޮންޒަވޭޓިވް ބައެއް އެންޖީއޯތަކުން އިންތިޒާމުކުރި މި އެއްވުމުގެ ބައިވެރިން ވަނީ އީރާން، ލުބުނާން އަދި ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބޭނުންކުރި ބޯޑުތަކުގައި "ސާބިތުވެ ތިބޭ، ގާޒާ ކާމިޔާބު ކުރާނެ" އަދި "މުސްލިމުން އަނިޔާވެރިކަމަށް ކުޑަކަކޫ ނުޖަހާނެ" ފަދަ ޝިއާރުތައް ލިޔެފައިވެއެވެ.

 

 

މީގެ އިތުރުން، އިސްރާއީލުން އަލްއަގްސާ މިސްކިތް ބަންދުކޮށްފައިވާތީ އެކަމަށް ފާޑުކިޔައި، "ގާތިލު އިސްރާއީލު، ގާތިލު އެމެރިކާ" ލިޔެފައިވާ ބޯޑުތައް ވެސް މުޒާހަރާގައި ވަނީ ބޭނުންކޮށްފައެވެ. މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ މެހެމެދު ޔިލްމާޒް ބުނީ، އެމީހުން ނުކުމެ ތިބީ ދުނިޔޭގެ ހުރިހާ ނިކަމެތިކޮށްލެވިފައިވާ ގައުމުތަކުގެ ހައްގުގައި ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަދެއްކި އެހެން ބައިވެރިއެއް ކަމަށްވާ އެކްރެމް ސައިލާން ބުނީ، އިސްރާއީލުން އެމީހުންގެ އަޔަން ޑޯމްއާ މެދު ފަހުރުވެރިވި ނަމަވެސް، އީރާނުން މިސައިލް ހަމަލާއެއް ދޭއިރަށް އިސްރާއީލު މީހުން ބިރުން ފިލާ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިއީ އަގީދާއާއި އީމާންތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، އީމާންތެރިކަން ހުރި ބަޔަކު މަރެއް ދެކެ ބިރު ނުގަންނާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުސްލިމުން ކުޑަކަކޫ ނުޖަހާނެކަމުގެ މެސެޖާއެކު ބޯ ވާރޭގައި އެތައް ސަތޭކަ ބަޔަކު ތުރުކީގެ މަގުތަކަށްދުނިޔެ | ގަޑިއިރެއް ކުރިންގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ ދުނިޔެ | 8 މަސް ކުރިންމެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް އެއްވެސް ފުރުޞަތެއް ނުދޭނަން - އުރުދުޣާންWorld | 9 މަސް ކުރިންޝަރީޢަތް ނިމެންދެން އިސްތަންބުލްގެ މޭޔަރު ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިދުނިޔެ | އަހަރެއް ކުރިން