logo
Bank of Maldives

Bank of Maldives

ދުނިޔެ

ޝަރީޢަތް ނިމެންދެން އިސްތަންބުލްގެ މޭޔަރު ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

އާމިނަތު ޝަފާ
23 މާރިޗު 2025 - 09:32
ޝަރީޢަތް ނިމެންދެން  އިސްތަންބުލްގެ މޭޔަރު  ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

އިސްތަންބުލްގެ މޭޔަރު އެކްރެމް އިމަމޮގުލޫ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަން ތުރުކީގެ ކޯޓަކުން އަމުރުކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ އޭނާ ހައްޔަރުކުރުމާ ގުޅިގެން ތުރުކީވިލާތުގައި ކުރާ މުޒާހަރާތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯޓުން ބުނެފައިވަނީ އިމަމޮގުލް އާއި އޭނާއަށް ވާގިވެރިވާ 20 އަށްވުރެ ގިނަ މީހުން ޖަލަށްލެވިފައިވަނީ ކޮރަޕްޝަންގެ ތަހުގީގަކަށްކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ޓެރަރިޒަމްއާ ގުޅުންހުރި މައްސަލަތަކަށް އަދި ވަކިގޮތެއް ނުނިންމާކަމަށް ކޯޓުން މައުލޫމާތުދެއެވެ.

ނަމަވެސް ޓެރަރިޒަމްއާ ގުޅުންހުރި ވަކި ދަޢުވާއަކާ ގުޅޭ ގޮތުން މޭޔަރު ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާ ކަމަށް ހަލްކް ޓީވީ އަދި ތުރުކީގެ ހަބަރު ޗެނަލްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިޔާސީ މައިދާނުގައި މިހާރުގެ ރައީސް ތަޖަބްތައްޔިބު އުރުދުގާން އާ އިދިކޮޅު ފަރާތްތަކަށް މުހިންމު ލީޑަރެއްކަމުގައިވާ އިމަމޮގުލް ހައްޔަރުކޮށްފައިމިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާނުކުރިތާ ގިނަ ދުވަސްތަކެއްނުވެއެވެ.  . އޭނާއާއެކު އޭނާއަށް ތާއީދުކުރާ ނޫސްވެރިންނާއި، ވިޔަފާރިވެރިންނާއި، އިސްތަންބޫލު މުނިސިޕަލްޓީގެ މުވައްޒަފުންތަކެއްވެސް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.
އިމަމޮގުލްވަނީ އޭނާގެ މައްޗަށް ކުރެވޭ ޓެރަރިޒަމާއި ކޮރަޕްޝަނުގެ ދަޢުވާތަކަށޤ އިންކާރުކޮށް އެއީ އޭނާގެ އަބުރު ގެއްލުވާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އިމަމޮގުލްއަށް ތާއީދުކޮށް އަންކާރާ މޭޔަރު މަންސޫރު ޔަވާޝް ވިދާޅުވެފައިވަނީ އިމަމޮގުލް ހައްޔަރުކުރުމަކީ ތުރުކީވިލާތުގެ ޝަރުޢީ ނިޒާމަށް ލިބުނު ނިކަމެތިކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވަނީ މި މައްސަލަތަކަކީ ސިޔާސީ ބޭނުމަކަށް ކުރިއަށް ގެންދާ މައްސަލަތަކެއް ނޫން ކަމަށެވެ.

މިކަމުގެ ސަބަބުން ތުރުކީވިލާތުގެ ސިޔާސީ މަސްރަޙުގައި ބޮޑު ހަލަބޮލިކަމެއް އުފެދިގެން ދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަ ހޫނުގެ ސަބަބުން ތުުރުކީ ވިލާތް އަނދަނީ ދުނިޔެ | 3 މަސް ކުރިންމެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް އެއްވެސް ފުރުޞަތެއް ނުދޭނަން - އުރުދުޣާންWorld | 4 މަސް ކުރިންޝަރީޢަތް ނިމެންދެން އިސްތަންބުލްގެ މޭޔަރު ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިދުނިޔެ | 7 މަސް ކުރިންއިސްތަންބޫލުގެ މޭޔަރު ހައްޔަރުކުރުމާ ގުޅިގެން ކުރާ މުޒާހަރާތައް ކުރިއަށް ދުނިޔެ | 7 މަސް ކުރިން