logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ރެލިގޭޝަނުގެ ބިރުބޮޑުވެ، އެންމެ 7 މެޗަށްފަހު ކޯޗުކަމުން ޓޫޑޯ ވަކިވެއްޖެ

އަބްދުﷲ ޣާނިމް
29 މާރިޗު 2026 - 18:09
ރެލިގޭޝަނުގެ ބިރުބޮޑުވެ، އެންމެ 7 މެޗަށްފަހު ކޯޗުކަމުން  ޓޫޑޯ ވަކިވެއްޖެ

ޓޮޓެންހަމް ހޮޓްސްޕާގެ އިންޓަރިމް ހެޑް ކޯޗުގެ މަގާމުގައި އެންމެ 44 ދުވަސް ހޭދަކުރުމަށްފަހު، ދެފަރާތް އެއްބަސްވެގެން އިގޯ ޓޫޑޯ އެ މަގާމުން ވަކިވެފައިވާކަން އެ ކްލަބުން އާދިއްތަ ދުވަހު އިއުލާނުކޮށްފިއެވެ.

ކްރޮއޭޝިއާގެ ކޯޗު ޓޫޑޯ މަގާމުން ވަކިވާން މި ނިންމީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑް އަތުން 5-2 އިން ބަލިވުމާއި، ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނާ އެންމެ ޕޮއިންޓެއް ގާތުގައި އޮތުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. މަގާމުން ވަކިވުމުގައި އޭނާގެ ބައްޕަ ނިޔާވުމުގެ ހިތާމަވެސް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތޯމަސް ފްރޭންކްގެ ކޯޗުކަމުގައި ޓޮޓެންހަމަށް ދިމާވި މައްސަލަތައް ހައްލުކުރުމަށް އައި ޓޫޑޯއަށް، ޕްރިމިއާ ލީގުގައި އެންމެ މޮޅެއްވެސް ހޯދައިދެވިފައެއް ނުވެއެވެ. ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހެޑް ކޯޗު އިގޯ ޓޫޑޯ ވަގުތުން ވަގުތަށް މަގާމުން ވަކިވުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ކަށަވަރުކޮށްދެން،" ކަމަށެވެ. މީގެ އިތުރުން ގޯލްކީޕަރު ކޯޗު ޓޮމިސްލާވް ރޮގިޗް އާއި ފިޒިކަލް ކޯޗު ރިކާޑޯ ރަގްނާޗީ ވެސް ވަނީ މަގާމުން ވަކިވެފައެވެ.

ޓޫޑޯގެ ކޯޗުކަމުގައި އާސެނަލް އަތުން އަމިއްލަ ދަނޑުގައި ބަލިވުމުގެ އިތުރުން ކްރިސްޓަލް ޕެލަސް، ފުލަމް އަދި ނޮޓިންހަމް ފޮރެސްޓް އަތުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފައެވެ. ވަކިން ހާއްސަކޮށް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލްކީޕަރު އެންޓޮނިން ކިންސްކީ ބޭނުންކުރުމުން އޭނާ އަތުން ހެދުނު ގޯސްތަކުގެ ސަބަބުން 16 ވަނަ މިނެޓުގައި ބަދަލުކުރަން ޖެހުމަކީ ޓޫޑޯއަށް އަމާޒުވި ބޮޑު ފާޑުކިޔުމެކެވެ.

އެތުލެޓިކޯ އަތުން ބަލިވި ނަމަވެސް، ލިވަޕޫލާ އެއްވަރުކޮށް އަދި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލިކޮށް ޓޫޑޯ ކޮންމެވެސް ވަރެއްގެ އުންމީދެއް ހޯދައިދިނެވެ. ނަމަވެސް އެންމެ ފަހުން ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން ބަލިވުމުން މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ޓޮޓެންހަމުން ވަނީ ވޭތުވެދިޔަ ހަ ހަފުތާގައި ޓޫޑޯ ކުރި މަސައްކަތަށް ޝުކުރު އަދާކޮށް، އޭނާގެ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައެވެ. އަދި އާ ކޯޗަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެ ކްލަބުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގެ ބިރުބޮޑުވެ، އެންމެ 7 މެޗަށްފަހު ކޯޗުކަމުން ޓޫޑޯ ވަކިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށްކުޅިވަރު | 11 ދުވަސް ކުރިންރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 14 ދުވަސް ކުރިންޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެކުޅިވަރު | 19 ދުވަސް ކުރިން