logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

އަހަރެމެން މިހާރު ގަބޫލުކުރަނީ އީރާނުގެ ވެރިކަން ބަދަލުކުރެވިއްޖެކަމަށް: ޓްރަމްޕް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މާރިޗު 2026 - 02:31
ޓްރަމްޕް، ފޮޓޯ: ރޮއިޓާސް
ޓްރަމްޕް، ފޮޓޯ: ރޮއިޓާސް

އީރާނުގެ ވެރިކަން މިހާރު ބަދަލުވެފައިވާ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިއަދު އެއަރ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިހެން ވިދާޅުވެފައިވާއިރު، މިއީ މިދިޔަ ހަފުތާގައި ފޮކްސް ނިއުސްގައި އޭނާ ދެއްކެވި ވާހަކަތަކާ އެއްގޮތް ވާހަކަތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ކުރީގެ ރެޖީމްތަކުގެ އިސްވެރިން އަވަހާރަކޮށްލެވިފައިވާތީ، އެއީ ވެރިކަން ބަދަލުވުން ނުވަތަ "ރެޖީމް ޗޭންޖް" އެކެވެ. 

"އަސްލު ބުނެވިދާނެ އަހަރެމެންނަށް ރެޖީމް ޗޭންޖް ގެނެވިއްޖެ ކަމަށް، ސަބަބަކީ އެމީހުން މަރާލެވިފައިވާތީ،" ޓްރަމްޕް ވިދާޅުވިއެވެ.

ބޯޓުގައި ތިބި ނޫސްވެރިންނަށް އިތުރަށް ތަފްސީލު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ފުރަތަމަ އޮތް ރެޖީމް އެއްކޮށް ހަލާކުވެ ނެތިގޮސްފައިވާ ކަމަށާއި، އޭގެ ފަހުން އައި ދެވަނަ ރެޖީމްގެ ގިނަ ބަޔަކުވެސް މިހާރު ތިބީ މަރުވެފައި ކަމަށެވެ. މިހާރު މުއާމަލާތް ކުރަން ޖެހިފައިވަނީ ތިންވަނަ ރެޖީމަކާ ކަމަށާއި، އެއީ ކުރިން އެއްވެސް ބަޔަކު މުއާމަލާތް ނުކުރާ ކަހަލަ ތަފާތު ބުއްދިވެރި ގްރޫޕެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރެޖީމްގެ ދެވަނައަށް އައްޔަންކުރި މީހުން، އެ އެންމެންވެސް ގޮސްފި، އެ އެންމެންވެސް މަރުވެއްޖެ، ކުޑަ ފުރާނައެއް ހުރި އެކަކު ފިޔަވައި،" މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި މަރުވި އީރާނުގެ ލީޑަރުންގެ އަދަދަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވެފަވެއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއަށްވުރެ ރަނގަޅަކަށް ވެރިކަން ބަދަލުކުރުމުގެ މަސައްކަތެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން، އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުން ގާތްކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމީހުންނާއެކު އެއްބަސްވުމެއް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ނަމަވެސް އެކަން ނުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ވާހަކަ ނިންމާލަމުން ޓްރަމްޕް ވިދާޅުވީ އީރާނާ މެދު ކަންތައް ވާނެ ގޮތެއް ބުނަން ދަތި ކަމަށެވެ.

 "އީރާނާ މެދު ކަންތައް ވާނެ ގޮތެއް ނޭނގޭނެ، ސަބަބަކީ އަހަރެމެން އެމީހުންނާއެކު މަޝްވަރާ ކުރަމުން ގޮސް، ދެން ޖެހެނީ އެމީހުން ގޮއްވާލަން،" އޭނާގެ ބޮޑާކަން ދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން ކުރާ ހަނގުރާމައަށް މަހެއް ވެފައިވާއިރު، އީރާނު ބަލިކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ދެ ގައުމަށް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން އީރާނުގެ ޚާރްޖް އައިލެންޑް ހިފަން އުޅޭކަމަށް ރިޕޯޓްތައް ބުނަނީ ކީއްވެ؟ދުނިޔެ | 43 މިނިޓު ކުރިންއަހަރެމެން މިހާރު ގަބޫލުކުރަނީ އީރާނުގެ ވެރިކަން ބަދަލުކުރެވިއްޖެކަމަށް: ޓްރަމްޕްދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުން އިސްރާއީލުގެ ބީރުޝެބާގައި ހުންނަ ކެމިކަލް ފެކްޓްރީ ގޮއްވާލައިފިދުނިޔެ | 10 ގަޑިއިރު ކުރިންއެމެރިކާގެ ސިފައިން އެއްގަމު މަގުން އަރައިގެންފިނަމަ އެމީހުން އަންދާލައި އެހީތެރިވި ބަޔަކަށް ދާއިމީ އަދަބެއް ދޭނަން: އީރާންދުނިޔެ | 11 ގަޑިއިރު ކުރިން