logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އިންތިހާބު އޮންނަ ދުވަހު ބައެއް އުޅަނދުތަށް ދުއްވުން މަނާ!

އައިޝަތު ނަޝާ
30 މާރިޗު 2026 - 16:23
އިންތިހާބުއޮންނަ ދުވަހު ބައެއް އުޅަނދުތަށް ދުއްވުން މަނާ !

ންނަ ހޮނިހިރު ދުވަހު މުހިންމު އިންތިޚާބުތަކެއް ބާއްވާތީ، މާލޭ ސަރަހައްދުގައި މަގުމަތީގައި ތޮއްޖެހުން މަދުކުރުމަށް، ބައެއް ބާވަތުގެ އުޅަނދުތައް އެ ދުވަހުގެ ގިނަ ގަޑިތަކުގައި ދުއްވުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވަނީ، އިންތިޚާބުތަކާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ބައެއް ގަޑިތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފިޔަވަޅު އަޅަނީ، ބަރު އުޅަނދުތަކުގެ ތެރެއިން އީ، ޑީ، ސީ2، ސީ0، އަދި ވީ ކެޓަގަރީގެ އެއްގަމު އުޅަނދަށެވެ. އެ އުޅަނދުތައް ދުއްވުން މަނާވަނީ އެ ދުވަހުގެ ހެނދުނު 06:00އިން 23:00 އަށެވެ.

އެ ވަގުތުތަކުގައި، އެ ކެޓަގަރީތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އެ ނިންމުމުން އިސްތިސްނާވާނެކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެ އެންގުމާ ޚިލާފުވާނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ގާނޫނުގައި ވަނީ، އެ ގާނޫނުގައި ވަކި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ބަޔާންކޮށްފައެވެ.

ބޮޑެތި އިންތިޚާބުތައް އޮންނަ ދުވަސްތަކުގައި، އާންމު ގޮތެއްގައި މެންދުރު ފަހުގެ ވަގުތުތަކުގައި ގިނަ ބަޔަކު ވޯޓުލާން ނުކުންނައިރު، މަގުމަތި ތޮއްޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިހާބުއޮންނަ ދުވަހު ބައެއް އުޅަނދުތަށް ދުއްވުން މަނާ !ޚަބަރު | 2 ގަޑިއިރު ކުރިންއެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިން