logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!

އާމިނަތު ޝަފާ
13 އޭޕްރީލު 2025 - 14:16
60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް ހާއްސަ ލައިސެންސެއް ނެގޭ ގޮތަށް ހަދައިފި އެވެ.

އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ލައިސްންސް ދޫކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގައިވަނީ 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގޭނެއެވެ. އަދި އެ ލައިސެންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް އިސްލާހުގައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އުމުރުން ދުވަސްވީ މީހުންގެ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައްކަމަށާއި އަދި އެފަދަ ލައިސަންސްގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި ބުނީ އެ ލައިސެންސް ދޫކުރާނީ 10 އަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. އަދި އަލުން ލައިސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންކަމަށާއި އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިހާބުއޮންނަ ދުވަހު ބައެއް އުޅަނދުތަށް ދުއްވުން މަނާ !ޚަބަރު | 5 ގަޑިއިރު ކުރިންއެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިން