logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހައްދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ޒިދާން މުޙައްމަދު
31 މާރިޗު 2026 - 16:14
ހައްދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ހައްދުންމަތީގައި ނުވަތަ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

ރައްޔިތުންނަށް ބޭނުންތެރި މިފަދަ މަޝްރޫއުތައް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމްޓީސީސީން ބުނީ، މި ޚިދުމަތް ލ. އަތޮޅުގައި ފަށާފައި ވަނީ މިކަމަށްޓަކައި އެ އަތޮޅުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލ. އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މީގެ ތެރެއިން 4 ޖާގަ ޚާއްސަކޮށްފައިވަނީ، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މި ޚިދުމަތް ލިބޭނެއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެމްޓީސީސީން ވަނީ، ލ. ދަނބިދޫ އަދި މާބައިދޫގައި ޚާއްސަ ސެޝަންތަކެއް ބާޢްވާފައެވެ. މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިމަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ. އެންމެފަހުން ޚިދުމަތް ފަށާފައިވަނީ، ފ. އަދި ދ އަތޮޅުގައެެވެ.

އާރްޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެ އަތޮޅެއްގެ ރައްޔިތުން މި ޚިދުމަތަށް އަހުލުވެރި ކުރުމަށް އެއް ހަފުތާއަށް ހިލޭ ދަތުރު ކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ. އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި ފީއެއް ނަގަން ފަށައެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. އެގޮތުން މިހާތަނަށް 15 އަރޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީޚަބަރު | ދުވަހެއް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިންތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފިޚަބަރު | 6 މަސް ކުރިން