logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެލިގޭޝަނުގެ ބިރުހީވެފައިވާ ޓޮޓްނަމްގެ ހެޑް ކޯޗަކަށް ރޮބާޓޯ ޑި ޒާބީ އައްޔަންކޮށްފި

އަބްދުﷲ ޣާނިމް
31 މާރިޗު 2026 - 16:54
ރެލިގޭޝަނުގެ ބިރުހީވެފައިވާ ޓޮޓްނަމްގެ ހެޑް ކޯޗަކަށް ރޮބާޓޯ ޑި ޒާބީ އައްޔަންކޮށްފި

ޓޮޓްނަމް ހޮޓްސްޕާގެ ފިރިހެން ޓީމުގެ އާ ހެޑް ކޯޗަކަށް ރޮބާޓޯ ޑި ޒާބީ އައްޔަންކޮށްފިކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ. ޑި ޒާބީ އެ ކްލަބާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭނާ މަސައްކަތާ ހަވާލުވާނީ ވާކް ޕާމިޓް ލިބުމުންނެވެ.

މި މަގާމާ ހަވާލުވުމަށްފަހު ޑި ޒާބީ ބުނީ ޓޮޓްނަމް ފަދަ ކްލަބަކާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެ ކްލަބުގެ އުންމީދުތަކަށް އޭނާ ތައުރީފުކުރާ ކަމަށެވެ. އަދި ޓީމުގެ ފަރާތުން އެޓޭކިންގް އަދި ފޯރިގަދަ ކުޅުމެއް ފެންނާނެ ކަމަށް އޭނާ ވައުދުވިއެވެ. "އަހަރެމެންގެ ކުރު މުއްދަތުގެ އަމާޒަކީ ޕްރިމިއާ ލީގުގެ ތާވަލުގައި ކުރިއަށް ޖެހިލުން. ސީޒަންގެ އެންމެ ފަހު މެޗުގެ ފަހު ފުމެލުމާ ހަމައަށް އަހަރެމެންގެ ފުރިހަމަ ސަމާލުކަން އޮންނާނީ އެކަމަށް،" ޑި ޒާބީ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮޓްނަމްގެ ޓެކްނިކަލް ޑައިރެކްޓަރު ޔޯހަން ލަންގޭ ވިދާޅުވީ ޑި ޒާބީއަކީ މި ސަމަރގައި އެ ކްލަބުން އެންމެ ބޭނުންވި ކޯޗު ކަމަށެވެ. އޭނާގެ އުފެއްދުންތެރި އަދި ކުރިއަށް ވިސްނާ ކޯޗިންގް ފަލްސަފާއާއި، ޕްރިމިއާ ލީގު ހިމެނޭހެން ޔޫރަޕްގެ ގަދަ ލީގުތަކުގައި އޭނާ ހޯދާފައިވާ ތަޖުރިބާއަށް ލަންގޭ އަލިއަޅުވާލެއްވިއެވެ.

ޑި ޒާބީގެ ކޯޗިންގް ކެރިއަރު ފެށީ އިޓަލީގެ ސަސުއޯލޯއިންނެވެ. އެތަނުގައި އޭނާ ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ އެޓޭކިންގް ފުޓްބޯޅައެއް ތައާރަފުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އޭގެ ފަހުން ޔޫކްރޭންގެ ޝަޚްތަރު ޑޮނެސްކަށް ކޯޗުކޮށްދީ، އެ ޓީމު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ގެންގޮސްދީ ޔޫކްރޭނިއަން ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުލްވްސް ބަލިކޮށް ޓޮޓެންހަމްއިން 2026 ވަނަ އަހަރުގެ ފުރަތަމަ މޮޅު ހޯދައިފި, ކުޅިވަރު | 21 ދުވަސް ކުރިންޑެޒާބީގެ ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެ، ރަސްމީކޮށް ރެލިގޭޝަނަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިންރެލިގޭޝަނުގެ ބިރުހީވެފައިވާ ޓޮޓްނަމްގެ ހެޑް ކޯޗަކަށް ރޮބާޓޯ ޑި ޒާބީ އައްޔަންކޮށްފިކުޅިވަރު | 2 މަސް ކުރިންރެލިގޭޝަނުގެ ބިރުބޮޑުވެ، އެންމެ 7 މެޗަށްފަހު ކޯޗުކަމުން ޓޫޑޯ ވަކިވެއްޖެކުޅިވަރު | 2 މަސް ކުރިން