logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އެފޯޑަބަލް ހައުސިންގ މަޝްރޫއު: ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެއް: މިނިސްޓަރު މުއްތަލިބް

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 05:38
އެފޯޑަބަލް ހައުސިންގ މަޝްރޫއު: ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެއް: މިނިސްޓަރު މުއްތަލިބް

ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެއް ކަމަށާއި އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަސިލްކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަން ފާހަގަކުރައްވާފައެވެ. އަދި ބޯހިޔާވަހިކަމަކީ އެކަމަށް އެންމެ ހައްލެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ މުޖުތަމައުގެ އެކި ގިންތިތަކަށާއި އެކި ފަންތިތަކަށް ދިމާވެފައިވަނީ އެކި ކަހަލަ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށެވެ.

އަދި އެ ފަރާތްތަކަށް ބޭނުންވަނީ އެކި ކަހަލަ ހައްލުތަކެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ  ބައެއް އާއިލާތަކަކީ ވަރަށް ހާލުގައި ދިރިއުޅޭ އަދި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކެއް ކަމަށެވެ. އަދި ބައެއް އާއިލާތަކަކީ ރިއަލް އެސްޓޭޓްގެ ފްލެޓުތައް އަގުބޮޑުކަމުން ފްލެޓް ނުގަނެވިފައިވާ ފަރާތްތަކެއް ކަމަށާއި އެހެންކަމުން މި ސަރުކާރުން ބޯހިޔާވަހިކަމުގެ ތަފާތު މޮޑެލްތައް ގެނެސް މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދު ބިންގާ އެޅިގެންދިޔައީ ސަރުކާރުން ކުރިއަށްގެންދާ 7900 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ހާއްސަކޮށްފައިވަނީ ލީޒް އޯން މޮޑެލްގެ ދަށުން ރިއަލް އެސްޓޭޓް ހައުސިން ޔުނިޓުތައް ހެޔޮ އަގެއްގައި ގަނެވޭނެ ފަރާތްތަކަކަށް ކަމަށެވެ. އަދި މި ފްލެޓްތައް ލިބޭނީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މިރޭ ފެށި މި މަޝްރޫޢާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފޯޑަބަލް ހައުސިންގ މަޝްރޫއު: ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެއް: މިނިސްޓަރު މުއްތަލިބްޚަބަރު | 2 ގަޑިއިރު ކުރިންއަމާޒަކީ 2028 ނިމުމުގެ ކުރިން 3800 ހައުސިންގ ޔުނިޓް ތަރައްގީކުރުން: ޝަރީފްޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި ޚަބަރު | 6 ދުވަސް ކުރިންތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން