logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ލެވޭނެ: އީސީ

އައިޝަތު ނަޝާ
1 އޭޕްރީލު 2026 - 06:33
 ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ލެވޭނެ: ޢީސީ

އިލެކްޝަން ކޮމިޝަނުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ފަދަ ގޮތަކަށް ކަންކަން ރާވާފައި ނުވާނެކަމަށާއި، ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ފަދަ ގޮތަކަށް ކަންކަން ރާވަމުން އަންނަކަމަށް ބުނެ، ބައެއް ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދުދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ ހޮނިިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއް ހެދިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ..

މީގެ އިތުރުން، އެ ކޮމިޝަންގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ. އަދި މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި، އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ލެވޭނެ: ޢީސީޚަބަރު | 4 ގަޑިއިރު ކުރިންއަތޮޅުތަކަށް ވޯޓުފޮށިތައް ފޮނުވަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންއިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުން: ފަންނީ ބޭފުޅުން ވިދާޅުވަނީ ކީކޭ؟ރިޕޯޓް | 5 ދުވަސް ކުރިންއިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފިޚަބަރު | 7 ދުވަސް ކުރިން