logo
MPL

MPL

ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ!

އައިޝަތު ނަޝާ
1 އޭޕްރީލު 2026 - 09:39
ބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތު ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަމެއްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ގެ ޝަރުޠުތައް އިސްލާޙުކޮށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައިފައި ވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި އުސޫލުގެ ދަށުން  01 އެޕްރީލް 2026 ވީ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ވަނި ހުޅުވާލެވިފައެވެ. 

މި އުސޫލުގައި ހިމަނާފައިވާ ޝަރުތު ތަކުގެ ތެރޭގައި،ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު ،އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް އެ ފާރާތުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ،އާންމު ގޮތެއްގައި ފަރުވާ ހޯދުމަށް މާލެއަށް އަންނަން ޖެހުމާއެކު، މާލެ ސަރަހައްދުން ވޭތުވެ ދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުާނި  https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ފުލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް https://gazette.gov.mv/gazette/7457 ގައި ޝާޢިއުކޮށްފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިންބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށްޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި މިހާރު ބެލެނިވެރިނަށް ފްލެޓަށް ހުށަހެޅޭނެޚަބަރު | 5 މަސް ކުރިން