logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

ދުޝްމަނުން ހަމަލާދެމުން ދިޔަ ވަގުތުގައި ވެސް އިރާނުގެ އިސް ވެރިން ރައްޔިތުންނާއެކު މަގުމަތީގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޭޕްރީލު 2026 - 12:52
ދުޝްމަނުން ހަމަލާދެމުން ދިޔަ ވަގުތުގައި ވެސް އިރާނުގެ އިސް ވެރިން ރައްޔިތުންނާއެކު މަގުމަތީގައި

ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި އީރާނުގެ ބައެއް އިސް އޮފިޝަލުން ނުގުޑާ އަޒުމް ދައްކަވާލައްވައިފިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެކި ތަންތަނަށް ބޮން އަޅަމުން ދިޔައިރު ވެސް މި ބޭފުޅުން ވަނީ އާންމު ރައްޔިތުންނާއެކު އިސްލާމީ ޖުމްހޫރިއްޔާގެ އަހަރީ ދުވަސް ކަމަށްވާ ފަރުވަރުދިން 12 ފާހަގަކުރުމަށް ތެހެރާންގައި ބޭއްވި ހަރަކާތްތަކުގައި މަގުތީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސް އޮފިޝަލުންނާއެކު ރައީސް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި މިވަނީ، ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ އީރާނުގެ އިސް ލީޑަރުން އާންމުންގެ ތެރެއިން ނުފެންނަތާ ހަފުތާތަކެއް ފަހުން އެ ބޭފުޅުން ފެނިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މަހަކަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައަށްފަހު އީރާނުގެ އިސް ލީޑަރުން މަގުމައްޗަށް ނުކުމެވަޑައިގަތުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނުގެ "އިސް ލީޑަރުންނަށް ވަރުގަދަ ހަމަލާއެއް" ދޭނެ ކަމަށާއި "ޓެރަރިސްޓް ނިޒާމު ނައްތާލަމުންދާ" ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެކެވެ. މިފަދަ ހާލަތެއްގައި، ރައީސްގެ އިތުރުން ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު ތެހެރާންގެ މަގުމަތިން އާންމުންގެ ތެރެއިން ފެނިވަޑައިގަތުމަކީ ލީޑަޝިޕް ސާބިތުކަންމަތީ އޮތްކަން ދޭހަކޮށްދޭ ކަމެކެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ރޭގަނޑު ދަންވަންދެން ކުރިއަށްދިޔަ މި އެއްވުމުގައި ރައީސް ޕެޒެޝްކިއަން ވަނީ އާންމުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ. ރައީސް ބައިވެރިވެވަޑައިގަތީ ގައުމާއި ގައުމުގެ ސިޔާސީ ނިޒާމަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައެވެ.

ޚާރިޖީ ވަޒީރު މުޒާހަރާގައި ބައިވެރިވެވަޑައިގަތުން

ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ބައިވެރިންނާއެކު ހިންގަވާފައެވެ.

"އަޅުގަނޑު މިއައީ އެމީހުންގެ ތެރޭގައި ހުރެ، މި ހަރަކާތުން ހަކަތަ ހޯދައި، މި އެއްބައިވަންތަކަމާއި ރައްޔިތުންގެ ގުޅުން ތަޖުރިބާކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އަދި އެހެން ވަގުތެއްގައި އޭނާ ވިދާޅުވީ، "އަޅުގަނޑު މިއައީ ހަމައެކަނި އަޅުގަނޑުގެ ހިތްވަރު (މޮރާލް) އާލާކުރުމަށް،" ކަމަށެވެ.

މަޝްވަރާއެއް ނެތް، ހަމައެކަނި މެސެޖު ބަދަލުކުރުން

މަޝްވަރާތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަރާގްޗީ ވިދާޅުވީ، އެއްވެސް ސީދާ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

"މިހާރު ހިނގަމުންދަނީ މަޝްވަރާތަކެއް ނޫން، އެކަމަކު މެސެޖު ބަދަލުކުރުން. އެއީ ސީދާކޮށް ނުވަތަ ސަރަހައްދުގެ އެކުވެރި ގައުމުތައް މެދުވެރިކޮށް،" އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ސީދާކޮށް މެސެޖުތައް ލިބޭ، އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެން މަޝްވަރާ ކުރަނީއެކޭ ނޫން. އީރާނުގެ އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރާ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެމެރިކާގެ ހުށަހެޅުމަށް އަޅުގަނޑުމެން އެއްވެސް ޖަވާބެއް ނުފޮނުވަން. އަދި ހަމަލާ ހުއްޓާލުމަކަށް އަޅުގަނޑުމެން އެއްބަހެއް ނުވާނަން." އޭނާ ވިދާޅުވިއެވެ.

ފަހުގެ ހާދިސާތަކުގެ ހިޔަނި

މި ބޭފުޅުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި މިވަނީ، އީރާނުގެ ގުދުސް ދުވަހުގެ ހަރަކާތްތަކަށްފަހު އިސް ސިޔާސީ ޝަޚްސިއްޔަތުން ނުފެންނަތާ ހަފުތާތަކެއް ފަހުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އީރާނުގެ ނުފޫޒުގަދަ ލީޑަރެއް ކަމަށްވާ އަލީ ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.

މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އީރާނުގެ ބައެއް ލީޑަރުން އަވަހާރަކޮށްލަން އަމާޒުކުރާ ލިސްޓުން ވަގުތީގޮތުން އުނިކޮށްފައިވާ ކަމުގެ ރިޕޯޓުތަކެއް ލިބިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މަޝްވަރާއެއް އަމަލީގޮތުން ކުރިއަށް ގޮސްފައެއް ނުވެއެވެ.

ނުތަނަވަސްކަމުގެ ތެރެއިން ދިން މެސެޖު

މިފަދަ ނާޒުކު ދަނޑިވަޅެއްގައި އީރާނުގެ އިސް ލީޑަރުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ، ސަރަހައްދީ ހަނގުރާމައާއި ނުތަނަވަސްކަން އޮތް ނަމަވެސް، ރައްޔިތުންގެ ޝުއޫރުތަކާ އެ ބޭފުޅުން އެއްގަލަކަށް އަރާފައިވާކަން ހާމަކޮށްދޭ ސާފު މެސެޖެކެވެ.

ފަރުވަރުދިން 12 އަކީ އަބަދުވެސް ރަމްޒީ ދުވަހެއް ނަމަވެސް، މިއަހަރުގެ މި ދުވަސް ފާހަގަކުރުން ޚާއްސަވެގެން ދިޔައީ، ގައުމު އެންމެ ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ލީޑަރުން މަގުމައްޗަށް ނުކުމެވަޑައިގަތުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުޝްމަނުން ހަމަލާދެމުން ދިޔަ ވަގުތުގައި ވެސް އިރާނުގެ އިސް ވެރިން ރައްޔިތުންނާއެކު މަގުމަތީގައިދުނިޔެ | 2 ގަޑިއިރު ކުރިންވޯލްޑްކަޕްގައި އީރާނުން ކުޅޭނެކަން ފީފާއިން ކަށަވަރުކޮށްދީފިކުޅިވަރު | 2 ގަޑިއިރު ކުރިންއީރާނުގެ ކެންސަރު ބޭސް އުފައްދާ ކާރުޚާނާއަކަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާދީފިދުނިޔެ | ދުވަހެއް ކުރިންއެމެރިކާއިން އީރާނުގެ ޚާރްޖް އައިލެންޑް ހިފަން އުޅޭކަމަށް ރިޕޯޓްތައް ބުނަނީ ކީއްވެ؟ދުނިޔެ | 2 ދުވަސް ކުރިން