logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މަޖިލީހުގައި ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

އައިޝަތު އިނާޝާ
2 އޭޕްރީލު 2026 - 03:55
މަޖިލީހުގައި ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

ރައްޔިތުންގެ މަޖިލީހުގައި ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ، އަދި ސަރުކާރު ޖަވާބުދާރީކުރެވޭނީ ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރަކީ އަބަދުވެސް ގައުމީ ރޫހުގައި މަސައްކަތް ކުރާ ސަރުކާރެއްކަން ތަކުރާރު ކުރައްވާފައެވެ. ވިދާޅުވީ މުހިންމީ ގައުމު ކަމަށާއި އަމިއްލަ އެދުން ނޫން ކަމަށެވެ. ވެރިކަމުގައި 3 ވަނަ އަހަރު ގުނަމުންދާ ކަންފާހަގަކުރައްވާ ރައީސް ވިދާޅުވީ ނިމިގެން ދިޔަ ކޮންމެ ދުވަހެއް ނިމިގެންދިޔައީ ގައުމު އިސްކޮށްގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މާލެ ސިޓީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތައް ކަންކަން ގެންދިއުމަށް ގައުމީ ވިސްނުމުގައި ހިތްވަރާ، މުރާލިކަމާ، އިހުލާސްތެރިކަމާއެކީ މަސައްކަތް ކުރައްވާނެ ބޭފުޅަކީ ސަރުކާރު ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ކަމަށެވެ. އެމަނިކުފާނު ވަނީ މާލޭ ރައްޔިތުން ވޯޓު ދިނުމުގައި ފާޓީ ރޫހު ދޫކޮށްލާފައި ގައުމީ ވިސްނުމުގައި ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި މަގުބޫލު ނޫން ނިންމުމެއް ނަގައިގެން ވިޔަސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގައުމަށް ފައިދާ ހުރި ކަންކަން ކުރައްވަން ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް އެފަދަ ވިސްނުމެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ކަމަށެވެ.

ވިދާޅުވީ ގައުމީ ވިސްނުމުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތް ޕާޓީއެއްގެ ބަޔަކު ވެރިކަމަށް ހޮވިއްޖެ ނަމަ، އަދި މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ، މިނިވަން، އިންސާފުވެރި އިންތިހާބަކަށް މަގުފަހި ނުވުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މަޖިލީހުގެ ތެރެއިން ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން ސަރުކާރު ފުރިހަމަ ގޮތުގައި ޖަވާބުދާރީ ކުރުވުމަށް މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ފުރިހަމަ ޑިމޮކްރަސީއެއްގައި ފްރީ އެންޑް ފެއާ އިލެކްޝަން އޮންނަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި އަމިއްލަ މަސްލަހަތު އިސްކުރާ ބަޔަކު ވެރިކަން ކުރާ ނަމަ ނަތީޖާ ގޯސްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފްރީ އެންޑް ފެއާ އިންތިހާބަކަށް ހެދުމުގެ ފުރުސަތު ހުޅުވާލުން މުހިންމު ކަމަށާއި ސަރުކާރު ޖަވާބުދާރީކުރެވޭނީ އަދި ސުޕަމެޖޯރިޓީގެ ނިޒާމެއް ނެތިކޮށްލެވޭނީ ވެސް އެފަދަ މަޖިލީހެއް އޮވެގެން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ކޮންމެ އާއިލާއަކަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް: މޫސާ ޖަލީލްޚަބަރު | 3 ގަޑިއިރު ކުރިންމަޖިލީހުގައި ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް ޚަބަރު | 3 ގަޑިއިރު ކުރިންސަރުކާރާ ގުޅިގެން މުރާލިކަމާއެކު މަސައްކަތްކޮށް، މާލޭގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދޭނަން: ޖަލީލްޚަބަރު | 3 ގަޑިއިރު ކުރިންކޮރަޕްޝަން ނައްތާލުމަށާއި ޑިމޮކްރެސީ ހަރުދަނާކުރުމަށް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްދިނުމަށް ރައީސްގެ އިލްތިމާސްޚަބަރު | 4 ގަޑިއިރު ކުރިން