logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މީދޫ ހެލްތު ސެންޓަރު ލެވަލް 4އަށް ބަދަލުކޮށްފި

މުޙައްމަދު އަފްރާޙް
2 އޭޕްރީލު 2026 - 08:25
ފޮޓޯ: ރ.މީދޫ ހެލްތު ސެންޓަރ
ފޮޓޯ: ރ.މީދޫ ހެލްތު ސެންޓަރ

ރ. މީދޫ ހެލްތު ސެންޓަރުގެ ޚިދުމަތް ލެވަލް 3 އިން 4 އަށް ބަދަލުކޮށްފިއެވެ.

މިކަން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. އަދި މި ޙަފްލާގައި މީދޫ ސިއްޙީ މަރުކަޒުގެ އިސްވެރިންނާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެރަށު ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވާއިރު، ސްޕެޝަލިޓީގެ ޚިދުމަތްތައްވެސް މިހާރު އެ މަރުކަޒުކަޒުގައި ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަރުކަޒުގެ ޚިދުމަތަށް އައި ކުރިއެރުމާއެކުވެސް، އެ މަރުކަޒު މިހާތަނަށްވެސް ރޭންކް ކޮށްފައިވަނީ ލެވަލް 3ގެ ސިއްޙީ މަރުކަޒެއްގެ ގޮތުގައެވެ. ނަމަވެސް އެއީ މިހާރު އެ ލެވަލަށްވުރެ މަތިން ޚިދުމަތް ދެމުންދާ ރަށެވެ. އަދި ސަރުކާރުން މިހާރު ވަނީ އެރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، އެކަމުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. އެއީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މީދޫ ސިއްޙީ މަރުކަޒުގައި، މިދިޔަ އަހަރު ވަނީ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައެވެ. އެގޮތުން އެތެރެހަށީގެ ޑޮކްޓަރުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތައް އަދި އަންހެނުންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. 2 މެޑިކަލް އޮފިސަރުންނާއެކު، ޖުމުލަ 5 ޑޮކްޓަރުން މިހާރު އެ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރެއެވެ. އަދި 48 މުވައްޒަފުން ޚިދުމަތުގައި މަސައްކަތްކުރެއެވެ.

މީދޫއަކީ 2000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި ވަށައިގެން ގިނަ ރިސޯޓްތަކެއްވެސް އޮވެއެވެ. މީދޫގެ ސިއްހީ ޚިދުމަތްތައް ފުޅާވުމާއެކު ކައިރި އެހެން ރަށްރަށުގެ ރައްޔިތުންވެސް ޚާއްސަ ބަލުތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ހޯދުމަށް އެ ރަށަށް ދަތުރުކުރެއެވެ.

މިހާރު ތަރައްޤީކުރަން ފަށާފައިވާ ހޮސްޕިޓަލާއެކީ ޚިދުމަތްތައް އިތުރަށް ފުޅާވެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މީދޫގައި ހެލްތް ސެންޓަރެއް ހުޅުވާ ޚިދުމަތް ފެށީ 2024ވަނަ އަހަރުއެވެ. އަދި ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ 2014ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ހެލްތު ސެންޓަރު ލެވަލް 4އަށް ބަދަލުކޮށްފިޚަބަރު | 6 ދުވަސް ކުރިންރަށްތައް ތަރައްޤީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭނެހެން: މިނިސްޓަރޚަބަރު | 3 މަސް ކުރިންމިއަހަރުގެ ފިޠުރު ޢީދުގައިވެސް ރާއްޖޭގެ ބޮޑެތި ރަށްތައް ކުލަބޮކިން ދިއްލާލާނެ!ޚަބަރު | 3 މަސް ކުރިންދަނޑުވެރި އުފެއްދުންތައް އިތުރުކޮށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ: އާދަމް ޝަރީފުޚަބަރު | 6 މަސް ކުރިން