logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
11 އޮކްޓޯބަރު 2024 - 04:05
މިއަދު 5:15 ގެ ސެޓެލައިޓު ފޮޓޯ// ފޮޓޯ: މޫސުމާ ބެހޭ ގައުމީ އިދާރާ
މިއަދު 5:15 ގެ ސެޓެލައިޓު ފޮޓޯ// ފޮޓޯ: މޫސުމާ ބެހޭ ގައުމީ އިދާރާ

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި 5 ފޫޓާއި 8 ފޫޓާއި ދެމެދުގައިކަމަށާއި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓުގެ އުސްމިނުގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ވުމާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވީ 24 ގަޑިއިރުގެ ތެރެގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 53.3 މިލިމީޓަރުގެ ވާރެއެވެ. ހއ. ކުޅުދުއްފުއްޓަށް 45.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ރ. އިފުރަށް ވަނީ 39.5 މިލިމީޓަރުގެ ވާރޭވެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފްތާގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސްޚަބަރު | ގަޑިއިރެއް ކުރިންމިއަދުގެ މޫސުން: އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 4 މަސް ކުރިންމިއަދުގެ މޫސުން: ކަނޑުތައް ގަދަވެ އުދައަރާފާނެޚަބަރު | އަހަރެއް ކުރިންކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | އަހަރެއް ކުރިން