ގައުމު ދިފާއުކުރަން އީރާނުގެ އަސްކަރިއްޔާގައި ޚިދުމަތް ފެށޭ އުމުރު 12 އަހަރަށް ދަށްކޮށްފި
2 އޭޕްރީލު 2026 - 11:45

އެމެރިކާ އާއި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ގައުމުގެ ދާޚިލީ ސަލާމަތް ވަރުގަދަކުރުމަށްޓަކައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިރުޖީސީ) އިން ސިފައިންގެ ސަފުތަކަށް ގުޅުމުގެ އުމުރު ރަސްމީކޮށް 12 އަހަރަށް ދަށްކޮށްފިއެވެ.
ބުދަ ދުވަހު ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ "ފޯ އީރާން" ނުވަތަ "ގައުމުގެ ދިފާއުވެރިން" ގެ ނަމުގައި ކުރިއަށްގެންދާ އާ ކެމްޕޭނެއްގެ ބައެކެވެ.

Ad by Hajj Corporation
ތެހެރާންގައި ހުންނަ އައިރުޖީސީގެ ސަގާފީ ކަންތައްތަކާ ބެހޭ ޑެޕިއުޓީ ޑައިރެކްޓަރު ރަހީމް ނަދާލީ މި ކެމްޕޭން އިއުލާންކުރައްވަމުން ވިދާޅުވީ، މިއީ ދުނިޔޭގެ އުދުވާނާ ދެކޮޅަށް ތެދުވުމަށް ބޭނުންވާ ޒުވާނުންގެ އާންމު އެދުމަކަށް ދިން އިޖާބައެއް ކަމަށެވެ. މި އާ އުސޫލުގެ ދަށުން އުމުރުން އެންމެ 12 އަހަރުގެ ކުދިން މިސްކިތްތަކާއި ސިޓީ ސްކޮޔަރތަކުގައި ހުންނަ ބޫތުތަކުގައި ރަޖިސްޓްރީ ކުރަމުންދަނީ އިންޓެލިޖެންސް ޕެޓްރޯލް ކުރުމާއި، ޗެކްޕޮއިންޓްތައް ބެލެހެއްޓުމަށެވެ.
އައިރުޖީސީ އިން މިއީ ހަމައެކަނި އެހީތެރިވުމުގެ ދައުރެއް ކަމަށް ބުނި ނަމަވެސް، ތެހެރާންގެ އެކި ސަރަހައްދުތަކުގައި އާދައިގެ ހެދުމުގައި ތިބި ފުރާވަރުގެ ކުދިން މެޝިން ބަޑި އާއި އުޒީ ހިފައިގެން ޗެކްޕޮއިންޓްތައް ބަލަހައްޓަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް ރަސްމީކޮށް ކުޑަކުދިން އަސްކަރިއްޔާއަށް ވެއްދުމުގެ މަސައްކަތް ފެށީ "އެޕިކް ފިއުރީ" ހަމަލާތަކުގެ ސަބަބުން ބަސީޖް މިލިޝިއާގެ ސަފުތަކުން މީހުން ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން ކަމަށް ބެލޭވަކަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މި ނިންމުން ޔުނިސެފާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެވެ.

.jpg&w=3840&q=75)
