logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ނުރައްކަލުން ގައުމު ސަލާމަތްކުރައްވާ، ގައުމަށް މާލީ ހަމަޖެހުން ގެނެސްދެއްވައިފި: ސަޢީދު

އިސްމާޢިލް ރާތިޢު
2 އޭޕްރީލު 2026 - 18:32
މާލީ ނުރައްކަލުން ގައުމު ސަލާމަތްކުރައްވާ، ގައުމަށް މާލީ ހަމަޖެހުން ގެނެސްދެއްވައިފި: ސަޢީދު

މާލީ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވާ، ރާއްޖެއަށް މާލީ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހޯއްދަވައިދެއްވައިފި ކަމަށް، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

2021 ވަނަ އަހަރު ސުކޫކެއް ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏާއެކު އެއާއެކު ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24 މިލިއަން ޑޮލަރު ސަރުކާރުން ދައްކާ ހަލާސްކުރުމާ ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަޒީރު ސައީދު ވިދާޅުވީ، ދިވެހި ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު މާލީ ނުރައްކަލުން ގައުމު ސަލާމަތްކޮށްދެއްވާ، ގައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލާނެ ފުރުސަތު، ރައީސް ހޯއްދަވާދެއްވިކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ރައީސް އެޅުއްވި މި ފިޔަވަޅާއެކު ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އިއާދަކޮށްދެއްވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އިހުނަށްވުރެ އިތުބާރު އިތުރުވެގެންވެސް ހިނގައްޖެކަން ޔަގީންވެއްޖެ ކަމުގައި ސައީދު ވިދާޅުވިއެވެ. 

ސައީދު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދިވެހި ގައުމު ރެކޯޑު މިންވަރަކަށް ދަރުވާލިއިރު، އަދި ވަކީން ހާއްސަކޮށް 2021 ގައި ނެގި ރެކޯޑު ދަރަނީގެ ސުކޫކަކީ 2026 އަށް ބްލެޓް ޕޭމެންޓެއް ގޮތަށް ދައްކަންޖެހޭ ދަރަންޏަކަށްވާތީ އެއީ ރާއްޖޭގެ ތާރީހުގައި ބައްދަލުކުރި މާލީ އެންމެ ބޮޑު އިމްތިހާނު ކަމަށެވެ. 

ކެތްްތެރިކަން އިސްކުރައްވައި، ބަސްމަދުކުރައްވައި، ކުރިމަތިލައްވަންޖެހިވަޑައިގަތް ހުރިހާ ގޮންޖެހުންތަކެއް މާތްﷲގެ ރަހުމަތްފުޅާއެކު ގިރާކުރައްވައި، ސުކޫކު ދެއްކިދާނެކަމާމެދު އޮތް ހާސްކަމުން ރައީސް ޑރ.މުޢިއްޒު ގައުމު ސަލާމަތްކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އަދި މިދަރަނި އުފަންކުރި ކުރީ ސަރުކާރުގެ މީހުން ބުނަމުންއައީ މިދަރަނި ނުދެއްކޭނެ ކަމަަށާއި، އެގޮތަށް ނުކުރެވޭނެ ކަމުގައި ބުނަމުންއައި އެތައް ކަމެއް ހިކުމަތްތެރިކަމާއެކު ރައީސް ނިންމަވައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރުވިޔަފާރި | މަހެއް ކުރިންރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިންމާލީ ނުރައްކަލުން ގައުމު ސަލާމަތްކުރައްވާ، ގައުމަށް މާލީ ހަމަޖެހުން ގެނެސްދެއްވައިފި: ސަޢީދުޚަބަރު | 2 މަސް ކުރިންރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ވަޒީރު ސަޢީދުޚަބަރު | 3 މަސް ކުރިން