logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދު

އިސްމާޢިލް ރާތިޢު
14 އޭޕްރީލު 2026 - 04:17
ރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދު

ރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، މިމަހު ދައްކަން އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު، ދައްކަންޖެހޭ މެޗުއަރިޓީގެ ހަފްތާއެއް ކުރިން ދައްކާ ޚަލާޞްކުރެވުމަކީ، މިސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ސިފަކުރައްވާ، މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުރުން، ރާއްޖޭގެ ވިޔަފާރިވެރިންގެ އިތުބާރުވެސް އިތުރުވެގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޕްރިލް މަހު އަދާކުރަންޖެހިފައި އޮތް މި ދަރަނި އަދާކުރެވޭކަމާމެދު، މިދިޔަ ހަތްވަރަކަށް އަހަރު އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމާއި، މިދިޔަ ސަރުކާރުން ރާއްޖޭގެ ތާރީޚުގައިވެސް އުފެއްދި އެންމެ ބޮޑު ދަރަނި އަދާކުރެވޭނެތޯ މުޅި ފައިނޭންޝަލް ދުނިޔޭންވެސް ރާއްޖެއަށް ކަޅިއަޅަމުން ދިޔަކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރަހައްދީ ގައުމުތަކުގެ، އަދި ވަކީން ހާއްސަކޮށް ސްރީލަންކާގެ މާލީ ހާލަތުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު، ރާއްޖެ ބަނގުރޫޓޫ ނުވެ ސަލާމަތް ނުވާނެ ކަމަށް އެތައް ވާހަކައެއް ދެކެވެމުންއައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސުކޫކު ދެއްކުމުގެ މައްސަލައަކީ، ރިޔާސީ ކެމްޕެއިންގެ ތެރެއިން، ރައީސް ޑރ. މުޢިއްޒު ވަރަށް ގާތުން ބެއްލެވި މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ގެންދެވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު، މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރައްވާނެ ގޮތްތައް ވަރަށް ދުރާލާ ރާއްވަވަމުންކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު، ދައްކަންޖެހޭ މެޗުއަރިޓީގެ ހަފްތާއެއް ކުރިން ދައްކާ ޚަލާޞްކުރެވުމަކީ މިކަމުގެ ނަތީޖާގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި، ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރިތޯ އޮތް ސުވާލު، މިހާރު ނެތްކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މި ސުވާލު އުފެއްދި ފަރާތްތަކަށް، ސުވާލުގެ ޖަވާބު މިހާރު ލިބިއްޖެ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ވާހަކަތައް އަހަން އެންމެ ބޮޑަށް ބޭނުންވާނީ ދިވެހި ރައްޔިތުން ކަމަށާއި، އެއަށްފަހު ރާއްޖޭގައި އިންވެސްޓުކުރަން ތައްޔާރަށް ތިބި ފަރާތްތައް ކަމަށް ވިދާޅުވެ، ވަޒީރު ވަނީ މިފަދަ ކޮންމެ ވާހަކައަކީ، އިންވެސްޓަރުންނަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއްކަން ފާހަގަކުރައްވާފައެވެ.

ވަޒީރުގެ ޖަވާބުގައި ވަނީ، ރާއްޖެ ބަނގުރޫޓުނުވެ، ދަރަނި އަދާކުރަންޖެހޭ މުއްދަތުގެ ހަފްތާއެއް ކުރިން ދަރަނި އަދާކުރެވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވާފައެވެ. މީގެ އިތުރުން، ދުނިޔޭގައި އެންމެ ނަން ހިނގާ މާލީ މަޖައްލާތަކުންވެސް މިކަން ސިފަކޮށްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ކަންބޮޑުވުން އޮއްވައިވެސް ރާއްޖެ ފަދަ ކުޑަ ޤައުމަކުން ހޯދި ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރުވިޔަފާރި | 2 ގަޑިއިރު ކުރިންރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދުޚަބަރު | 3 ގަޑިއިރު ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | 3 ގަޑިއިރު ކުރިންފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | ދުވަހެއް ކުރިން