logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރު

އިސްމާޢިލް ރާތިޢު
14 އޭޕްރީލު 2026 - 05:21
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރު

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ސަރުކާރުން ހޯދަމުންދާއިރު މިކަމަށް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށާއި އެގޮތުން ޕެޓްރޯލްގެ އިތުރުން ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް ތިން މަސްދުވަހަށްވެސް ޝެޑިއުލް ދަތުރުތައް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ގެންނަ މުދަލުގެ އަދަދު 19% އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން މާރިޗު މަހުގެ ނިޔަލަށް، 13.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި މިއަހަރުގެ މި މުއްދަތުގެ ތެރޭގައި 16.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރުތައްވެސް މިހާރު ރާއްޖެއަށް ގެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ހަފްތާގައި ލަންކާގައި 4241 ކޮންޓެއިނަރު ހުރި ނަމަވެސް، މިވަގުތު ބަނދަރުގައި ހުރި ބޯޓުތަކާއެކު މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން މިހާރު ލަންކާގައި ހުންނާނެކަމަށް އަންދާޒާކުރެވެނީ 1741 ކޮންޓެއިނަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުދާ ގެނައުމުގައި ކުޑަ ތާށިކަމެއް ދިމާވި ނަމަވެސް މިހާރު އާންމު ހާލަތަށް ބަދަލުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިވަގުތު މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1200 ކޮންޓެއިނަރު މުދާ އެބަހުރިކަމަށާއި، އަދި މި ހަފްތާގައި 2500 ކޮންޓެއިނަރުގެ މުދާ މާލެ އައުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

12 އޭޕްރީލްގައި 500 ކޮންޓެއިނަރު 13 އެޕްރީލްގައި 500 ކޮންޓެއިނަރު އަދި 14 އޭޕްރީލްގައި 1500 ކޮންޓެއިނަރުގެ މުދާ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރުވިޔަފާރި | 2 ގަޑިއިރު ކުރިންރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދުޚަބަރު | 3 ގަޑިއިރު ކުރިންމާލީ ނުރައްކަލުން ގައުމު ސަލާމަތްކުރައްވާ، ގައުމަށް މާލީ ހަމަޖެހުން ގެނެސްދެއްވައިފި: ސަޢީދުޚަބަރު | 12 ދުވަސް ކުރިންރާއްޖޭގެ ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިން