logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް

އައިޝަތު އިނާޝާ
3 އޭޕްރީލު 2026 - 03:58
އިންތިހާބެއްގައި ވޯޓު ގުނަނީ
އިންތިހާބެއްގައި ވޯޓު ގުނަނީ

ހޮނިހިރު ދުވަހު ބާއްވާ 3 އިންތިހާބަށް ބޭނުންވާ ވޯޓު 888،845 ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާލައިފިއެވެ.

މި އިންތިހާބުތަކުގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައި ވަނީ ރާއްޖޭގެ ޗާޕްހާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތު ދިންގޮތުގައި މާދަމާ ބާއްވާ ތިން އިންތިހާބުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 292,706 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ.

އެންމެ ގިނައިން ކަރުދާސް ޗާޕުކޮށްފައިވަނީ މާލެ ސިޓީއަށެވެ. އެގޮތުން މި ސިޓީއަށް 58,953 ކަރުދާސް ޗާޕުކޮށްފައިވާއިރު، 21,538 ކަރުދާހާއެކު ދެވަނައަށް އެންމެ ގިނައިން ޗާޕުކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީއަށް 9,947 ކަރުދާސް، ކުޅުދުއްފުށި ސިޓީއަށް 7,461 ކަރުދާސް އަދި ތިނަދޫ ސިޓީއަށް 5,967 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާއިރު، ފުރަ މާލޭގައި 180 ފޮށި، ހުޅުމާލޭގެ ދެ ފިޔަވަހީގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ފޮށި ބަހައްޓާނެއެވެ.

 


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސްޚަބަރު | 3 ގަޑިއިރު ކުރިން ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ލެވޭނެ: ޢީސީޚަބަރު | 2 ދުވަސް ކުރިންއަތޮޅުތަކަށް ވޯޓުފޮށިތައް ފޮނުވަން ފަށައިފިޚަބަރު | 6 ދުވަސް ކުރިންއިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުން: ފަންނީ ބޭފުޅުން ވިދާޅުވަނީ ކީކޭ؟ރިޕޯޓް | 7 ދުވަސް ކުރިން