logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އޭއައިއެޗް އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދެކުނުގައި ކާމިޔާބު ދަތުރެއް

އިސްމާޢިލް ރާތިޢު
3 އޭޕްރީލު 2026 - 04:17
އޭއައިއެޗް އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދެކުނުގައި ކާމިޔާބު ދަތުރެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް) ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން 2026 މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެއް ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިންރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ، މި ތާރީޚީ ދަތުރުގެ ތެރެއިން، މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށާފައިވާ ކަމަށާއި، މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައި.ސީ.ޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތްވެސް މި ދަތުރުގެ ތެރެއިން އައްޑޫ ސިޓީގައި ތަޢާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދަތުރުގެ ތެރެއިން ޖުމްލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދީފައިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މި މުހިންމު ފިޔަވަޅާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް މިފަދަ ޙަރަކާތްތަކުގެ ސަބަބުން ލިބިގެންގޮސްފައިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ.

ޙަލީމްގެ ޕޯސްޓުގައިވަނީ، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރައްވައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޚާއްޞަ އިސްކަމާއި ދެއްވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ، ރާއްޖޭގެ ދެކުނުގައި މި ޚިދުމަތް ކާމިޔާބުކަމާއެކު ފަށާ، ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަކިން ޚާއްޞަކޮށް ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޓީމުން ކުރެއްވި ބުރަ އަދި ނަމޫނާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭއައިއެޗް އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދެކުނުގައި ކާމިޔާބު ދަތުރެއް ޚަބަރު | 3 ގަޑިއިރު ކުރިންއައްޑޫ ހިތަދޫގައި ސަރުކާރުން އައިނު ފިހާރައެއް ހުޅުވަނީޚަބަރު | 2 މަސް ކުރިންއަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ކެތުލެބްގެ ޚިދުމަތް އައްޑޫ ހިތަދޫގައި ދޭން ފަށައިފިޚަބަރު | 2 މަސް ކުރިންއަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިން