logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ގާސިމްގެ ނުރުހުން ކުރީގެ ވެރިންނަށް: އެބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭކަށް ނުޖެހޭނެ

އައިޝަތު އިނާޝާ
3 އޭޕްރީލު 2026 - 04:27
ގާސިމްގެ ނުރުހުން ކުރީގެ ވެރިންނަށް: އެބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭކަށް ނުޖެހޭނެ

ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އެބޭފުޅުންގެ ވެރިކަން ނިމުމުން ދެން އަންނަ ސަރުކާރަަކަށް ދުއްތުރާކުރުމާއި ޖެއްސުންކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށާއި އެހެންކަމުން އެ ބެފުޅުންނަށް ދައުލަތުގެ އެއްވެސް އިނާޔަތެއް ދޭން ނުޖެހޭ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކުރީ ސަރުކާރުތަކުގެ ވެރިންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

 ގާސިމް ވިދާޅުވީ ވެރިކަމުގައި ހުރެގެން ނުވަތަ ބާރުވެރި ކަމެއް ނެތި ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށާއި، އެއިރެއްގެ ވެރިޔަކަށް ހުންނަ މީހަކަށް ރައްޔިތުން ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުގައި ވެރިކަން ކޮށްފައި ތިބި މީހުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސަރުކާރަށް ޖެއްސުމާއި ދުއްތުރާ ކުރާކަމަށްވަންޏާ، އެއީ އެއްވެސް ކަހަލަ އިނާޔަތެއް ދޭން ޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގައި ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވީ އެބޭޅުން ވެރިކަމަށް އައުމަށްފަހު ވެރިކަމާ ދުރަށް ދާން ބޭނުން ނުވާ ކަމަށާއި، ވެރިކަން ގެއްލުމުން ދެން ވެރިޔަކަށް އެ އަންނަ މީހަކަށް އެތައް އުނދަގޫތަކަކާއި ދުއްތުރާތަކެއް ކުރާ ކަމަށެވެ.

ގާސިމް ވިދާޅުވިގޮުތުގައި އިސްވެދިޔަ 3 ސަރުކާރުން ކަންކަން ކުރިގޮތުން މިއަދު މިގައުމު އޮތީ ވަރަށް ބޮޑަށް ދަރަނި ބޮޑުވެ، ހަރަދު ބޮޑުވެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމެވި ނިންމެވުމަށް ކުރީ ސަރުކާރުތަކުގެ ވެރިން ފާޑުވިދާޅުވަނީ، ރައްޔިތުންނަށް ކިތަންމެ ބޮޑު ނިކަމެތި ކަމެއް ލިބުނަސް، އެބޭފުޅުންގެ ހިތްތަކުގައި ރައްޔިތުންނާމެދު، އެއްވެސް އަސަރެއް ނެތުމުން ކަމަށް ވިދާޅުވިއެވެ. އަދި އެބޭފުޅުން އެފަދަ ވާހަކަދައްކަވަނީ އެއްވެސް ވަރަކަށް ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތުމުން ކަމަށް ވެސް ގާސިމް ވިދާޅުވުވިއެވެ.

ގައުމު ދެކެ އެންމެ ލޯބިވާނީ ވެރިކަން ކޮށްފައި ތިބި މީހުންނެއް ނޫން، ގައުމު ދެކެ އެންމެ ލޯބިވާނީ އަޅުގަނޑުމެން ކަހަލަ އަމިއްލަ އަތުން ގައުމަށް ބޮޑެތި އިންވެސްޓު ކުރާ މީހުން: ގާސިމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގަކަށް ނުވަތަ ދިވެހި ރައްޔިތުންނަށް ލިބިދޭ އެއްވެސް ހައްގަކަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާސިމްގެ ނުރުހުން ކުރީގެ ވެރިންނަށް: އެބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭކަށް ނުޖެހޭނެޚަބަރު | 4 ގަޑިއިރު ކުރިންމާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމްޚަބަރު | 8 ދުވަސް ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 2 މަސް ކުރިންލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ފައިދާއޮތީ ރައްޔިތުންނަށް: ގާސިމްޚަބަރު | 8 މަސް ކުރިން