logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ ހަފުތާގައި ޓެކްސީލައިންގެ ދަތުރުތައް ހިލޭ!

އައިޝަތު އިނާޝާ
3 އޭޕްރީލު 2026 - 07:54
ފުރަތަމަ ހަފުތާގައި ޓެކްސީލައިންގެ ދަތުރުތައް ހިލޭ!

ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލާ ހިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި އާރްޓީއެލް ފެރީގެ ހިދުމަތްތައް ވެސް ދޭ އުސޫލުން، ޓެކްސީ ލައިންގެ ވެސް ފުރަތަމަ ހަފުތާ ބޭނުންކުރާނީ ހިދުމަތް ތަޖުރިބާކުރުމަށްކަމަށެވެ. ބޭނުމަކީ ރައްޔިތުންގެ ހިޔާލު މި ހިދުމަތަށް ހޯދުމާއި، ޓެކްސީ ލައިންގެ ހިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ތަޖުރިބާ ހަފުތާގައި ޓެކްސީ ނެގޭނީ ހޮޓްލައިން ނަންބަރު މެދުވެރިކޮށް އެކަނިކަމަށެވެ. މާލެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655 އެވެ.

އަދި ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިވާ ހަފުތާއަށް ފަހުގައި ކަމަށާއި އެމްޓީސީސީން ދަނީ މި ހިދުމަތަށް ފޯން އެކްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެވުނު މަސައްކަތެކެވެ.

މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޓެކްސީތަކުގައި ތަންތަނަށް ދަތުރުކުރުމަށް އާންމު ފަރާތްތަކުން އަންނަނީ ބޮޑު ތަކުލީފުތައް އުފުލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާންމު ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތަޢާރްފަކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް ޓެކްސީ ލައިން އޮޕަރޭޓްކުރާ ކުންފުނި، އެމްޓީސީސީން ބުނެއެވެ.

ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.

މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާފުރުމަށް ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިންމާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 15 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | މަހެއް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 2 މަސް ކުރިން