އިޓަލީގެ ވޯލްޑްކަޕް ގެއްލުވާލި ރަތްކާޑުގެވެރިޔާ ބަސްޓޯނީގެ ސޮއިހޯދަން ބާސާއިން ހުށަހެޅުމަކަށް އިންޓަމިލާނުން ނޫނެކޭބުނެފި
4 އޭޕްރީލު 2026 - 03:50

އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު އެލެސަންދްރޯ ބަސްޓޯނީ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ކުރި ފުރަތަމަ މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ބަސްޓޯނީއަށް ހުށަހެޅި 45 މިލިއަން ޔޫރޯގެ ބިޑް އިންޓަ މިލާނުން ވަނީ ބޭރުކޮށްލާފައެވެ.
އުމުރުން 26 އަހަރުގެ އިޓަލީގެ ޑިފެންޑަރު ވިއްކާލުމަށް އިންޓަ މިލާނުން ބޭނުންވަނީ މަދުވެގެން 60 މިލިއަން ޔޫރޯއެވެ. ނަމަވެސް ދެ ކްލަބުގެ ދެމެދުގައި އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ދެފަރާތުން ވެސް އެއްބަސްވެވޭ ފަދަ އަދަދަކަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
ބާސެލޯނާއިން ބަސްޓޯނީއަށް ހުށަހަޅާފައިވަނީ އަހަރަކު 7 މިލިއަން ޔޫރޯގެ މުސާރައެކެވެ. މިއީ އޭނާ މިހާރު އިންޓަ މިލާނުގައި ލިބޭ 5 މިލިއަން ޔޫރޯގެ މުސާރައަށްވުރެ ބޮޑު އަދަދެކެވެ. ބާސެލޯނާއިން ބޭނުންވަނީ ބޮޑު މުސާރައަކާއެކު އޭނާ އެ ކްލަބަށް ގެންދިއުމަށެވެ.
އެމްޕޮލީން އިންޓަ މިލާނާ ގުޅުނު ފަހުން ބަސްޓޯނީ ވަނީ އެ ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސެރީ އާ އަދި ޔޫރަޕްގެ މުބާރާތްތަކުގައި އިންޓަ މިލާނުން ހޯދި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވެފައެވެ.
ބަސްޓޯނީއަކީ ދިފާއީ ގޮތުން ވަރުގަދަ ކުޅުންތެރިއަކަށް ވުމުގެ އިތުރުން، އޭނާގެ ޓެކްނިކަލް ހުނަރާއި އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަމުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތަކަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

.jpg&w=3840&q=75)
