ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓުންނަށް!
4 އޭޕްރީލު 2026 - 19:54

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރައްވައިފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާ ގޮތުން، ފަސް ސިޓީގެ ގޮތުގައި ހިމެނެނީ، މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީއެވެ. މި ފަސް ސިޓީގެ މޭޔަރ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، 10،622 ވޯޓާއެކު މާލެ ސިޓީގެ މޭޔަރ ކަން ކާމިޔާބުކުރެއްވީ މިހާރުގެވެސް މޭޔަރ، އެމްޑީޕީގެ އާދަމް ޢާޒިމެވެ. އައްޑޫ ސިޓީގެ މޭޔަރ ކަން 5،230 ވޯޓާއެކު ކާމިޔާބުކުރެއްވީ މިހާރުގެވެސް މޭޔަރ، ޢަލީ ނިޒާރެވެ. 2،226 ވޯޓާއެކު ފުވައްމުލައް ސިޓީގެ މޭޔަރ ކަން އިސްމާޢީލް ރަފީޤު ކާމިޔާބުކުރައްވާފައިވާއިރު، ކުޅުދުއްފުށި ސިޓީގެ މޭޔަރ ކަން ކާމިޔާބުކުރައްވާފައިވަނީ، މިހާރުގެވެސް މޭޔަރ، މުޙައްމަދު އާތިފްއެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރ ކަން ކާމިޔާބުކުރައްވާފައިވަނީ ސަޢުދު ޢަލީ އެވެ.

Ad by Hajj Corporation
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްވެސް އިއްޔެ ނަގާފައި ވެއެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294،876 މީހުން ވޯޓު ލުމަށް ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުނެވެ.

.jpg&w=3840&q=75)
