logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެފްރީންގެ ބޮޑު އެހީތެރިކަމާއެކު 10 ކުޅުންތެރިންނާދެކޮޅަށް ކުޅުނު އެތްލެޓިކޯއާއި ދެކޮޅަށް ބާސާއިން ކާޅެއް ހިފައިފި

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2026 - 03:45
ރެފްރީންގެ ބޮޑު އެހީތެރިކަމާއެކު 10 ކުޅުންތެރިންނާދެކޮޅަށް ކުޅުނު އެތްލެޓިކޯއާއި ދެކޮޅަށް ބާސާއިން ކާޅެއް ހިފައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ރެފްރީންގެ ސުވާލުއުފެދޭ އެތައް ނިންމުންތަކާއެކު މެޗު ނިމެން ދަނިކޮށްލެވަންޑޮވްސްކީ ގައިގައި ޖެހިފައި ވަތް ގޯލާއެކު، 10 ކުޅުންތެރިންނާއެކު ކުޅުނު އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި ނަތީޖާއާއެކު ބާސެލޯނާއަށް ވަނީ ލީގު ދިފާއުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެތުލެޓިކޯ މެޑްރިޑުންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއާނޯ ސިމިއޯނީއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާސެލޯނާގެ މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެތުލެޓިކޯގެ ނިކޮލަސް ގޮންޒާލޭޒް، ބާސެލޯނާގެ ލަމީން ޔަމާލަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށުނުތަނާހެން ބާސެލޯނާގެ ޖެރާޑް މާޓިންއަށް ދެއްކި ރަތް ކާޑު ވީއޭއާރުން ބެލުމަށްފަހު އިނދިކުޅު ކުޅުންތެރިޔާގެ ފައި ނުބިނދޭތީ ރަތްކާޑު ވަނީ ކެންސަލްކޮށްފައެވެ. މިއީ އެތުލެޓިކޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި ނިންމުމެކެވެ. މެޗުގެ ފަހުކޮޅު ބާސެލޯނާއިން އެތުލެޓިކޯގެ ގޯލަށް ބާރުބޮޑުކުރިއިރު، މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ލެވަންޑޯސްކީއެވެ.

މި މެޗުން ބާސެލޯނާ މޮޅުވިއިރު، އެޓީމާ އެންމެ ގާތުން ވާދަކުރާ ރެއާލް މެޑްރިޑް ވަނީ އިއްޔެ މަލޯކާ އަތުން ބަލިވެފައެވެ. މިއާއެކު ބާސެލޯނާއަށް މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ލަލީގާގެ ތާރީޚަށް ބަލާއިރު، ލީގު ނިމެން އަށް މެޗަށް ވެފައި ވަނިކޮށް ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތް ޓީމެއް އަތުން މިހާތަނަށް ލީގު ގެއްލިފައެއް ނުވެއެވެ.

ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާއަކީ މި ސީޒަނުގައި ނަތީޖާ އަނބުރާލުމުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. އެޓީމުން ވަނީ މި ސީޒަނުގައި ބަލިވާން އޮތް މެޗުތަކުން ޖުމްލަ 21 ޕޮއިންޓް ހޯދާފައެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގަށް ބަލާއިރު ބަޔާން މިއުނިކަށްފަހު އެންމެ ރަނގަޅު ރެކޯޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށްކުޅިވަރު | ދުވަހެއް ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 2 ދުވަސް ކުރިންމިރޭގައި ކުޅޭ މެޗު ފެށުމުގެކުރިން ފްލިކް ޝަކުވާކުރަންފަށައިފި، މިފަހަރު ގޯސްވީ ދަނޑުގެ ވިނަގަނޑުކުޅިވަރު | 3 ދުވަސް ކުރިންޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | 5 ދުވަސް ކުރިން