ކައުންސިލް އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލީ މިފަހަރު
5 އޭޕްރީލު 2026 - 04:32

އިއްޔެ ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓް ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 253،714 އެވެ.

Ad by Hajj Corporation
އީސީން ބުނިގޮތުގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގައި، ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަޢެވެ.
އަދި މިއީ، 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ.
މި ފަހަރުގެ ކައުންސިލް އިންތިހާބުގައި މޭޔަރު ހިމެނޭހެން ހުރިހާ ސިޓީތައެއްގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.

.jpg&w=3840&q=75)
